ހަބަރު

ސަރުކާރުން އާ އަހަރު ފާހަގަ ކުރަން ބޮޑު ޝޯއެއް ބާއްވަނީ

ސަރުކާރުން އާ އަހަރު ފާހަގަ ކުރަން ކާނިވާ ސަރަހައްދުގައި ބޮޑު ޝޯއެއް ބާއްވަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ލޭޒާ ލައިޓުތަކާއެކު ކާނިވާ ސްޓޭޖުގައި އާ އަހަރު ފާހަގަ ކުރަން ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޝޯ ފަށާނީ އެ ރޭ 8:30 ގައި ކަމަށެވެ. އަދި އެ ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ލަވަކިޔުންތެރިޔާ ޝަލަބީއާ، ޒާރާ މުޖްތަބާ އަދި މުހައްމަދު ޝިއުޒް ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންނެވެ. އޭގެ އިތުރުން "ނަބާ" ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ވެސް ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާ އަހަރުގެ ޝޯ ބާއްވަން ނިންމާފައިވާ އިރު ބައެއް ދީނީ އިލްމުވެރިން ވަނީ އާ އަހަރު ފާހަގަ ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.