ރިޕޯޓް

ކޮފީ ބަޖެޓް ހަމަޖައްސަން ފެށި ވިޔަފާރި އުހަށް!

އަމިއްލަ ފައި މައްޗަށް ތެދުވެ، ނަމޫނާ ދައްކާ ދިވެހި ޒުވާނުން ވެސް އެހާ މަދެއް ނޫނެވެ. އާމްދަނީއެއް ހޯދަން ޒުވާން އުމުރުގައި ކުޑަ ވިޔަފާރިއެއް ފަށައި ބުރަ މަސައްކަތްތަކުން އެ ވިޔަފާރި ފުޅާކޮށް ކާމިޔާބު ހޯދާ މީހުން ވެސް ހަމަ ގިނަ އެވެ. ބައެއް ފަހަރު އެފަދަ މަސައްކަތެއް ފަށަނީ މީހެއްގެ ވަޒީފާއަކަށް ނުގޮސް އަމިއްލަ މަސައްކަތެއް ކުރާ ހިތުންނެވެ. އަނެއް ބައި ފަހަރު އެފަދަ މަސައްކަތްތައް ނުވަތަ ވިޔަފާރިތައް ފަށަނީ ދިރިއުޅުމުގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކޮށްފައި، އަމިއްލަ އުފާތަކަށް ހަރަދު ކުރާނެ ފައިސާ ހޯދުމުގެ ގޮތުންނެވެ.

ޑީއެމް އެންޓަޕްރައިސަސް ޕްރައިވެޓް ލިމެޓެޑަކީ އެފަދަ ގޮތަކަށް ވަރަށް އާދައިގެ ވިސްނުމެގައި ފެށި ކުންފުންޏެކެވެ. މިއީ އާއިލާއެއްގެ ދެބެންގެ ދެދަރި ދެ މެންބަރަކު 2016 ވަނަ އަހަރު އުފެއްދި ކާގޯ އާއި ފްރައިޓް ހިދުމަތް ދޭ ކުންފުންޏެކެވެ. އެއީ އަހުމަދު އިބްރާހިމާއި މުހައްމަދު ރަޝީދުގެ މަސައްކަތެކެވެ. އާއިލީ ދެ އެކުވެރިން މި މަސައްކަތް ފެށީ އާދައިގެ ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ނަމަވެސް ރާއްޖޭގެ އެތައް ސަތޭކަ ބަޔަކަށް މިހާރު އެ ކުންފުނިން މަތީ ފެންވަރުގައި ކާގޯގެ ހިދުމަތް ދެ އެވެ. ވިޔަފާރި އާއި ހިދުމަތުގައި އިތުބާރު ހޯދައި މިހާރު އެއީ ބޮޑުވެފައިވާ ކުންފުންޏެއް އަދި ބްރޭންޑެކެވެ.

ޑީއެމް ވުޖޫދު ކުރި އިރު ކާގޯ ހިދުމަތް ދޭ ބޮޑު ވިޔަފާރިއަކަށް އެކަން ހެދުމުގެ ވިސްނުމެއް ނެތެވެ. އޭރު ބޭނުންވީ ހަމަ އެންމެ ކަމެކެވެ. ނަފުސުގެ ތަރައްގީއަށާއި އަމިއްލަ އުފަލާއި ހިތް ހަމަޖެހުމަށް ބޭނުންކޮށްލަން ޖީބުގައި ގެންގުޅޭނެ ފައިސާކޮޅެއް ލިބޭނެ ކުޑަ ވިޔަފާރިއެއް ގެންގުޅޭށެވެ. އެއިން ކޮންމެ ދުވަހަކު ވެސް ކޮފީއަކަށް އަރާނެ ބަޖެޓެއް ހަމަޖައްސާލެވޭ ވަރު ކޮށްލާށެވެ.

ޑީއެމްގެ ކުރިން ދެބެން މަސައްކަތް ކުރީ އާއިލީ ކުންފުންޏެއްގަ އެވެ. އެ ކުންފުނީގައި މަސައްކަތް ކުރަމުން އައި ވިސްނުމަށް އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީކޮށްލައިގެން ކުޑަ ވިޔަފާރިއަކަށް ދިޔައީ ކުޑަކުޑަ އޮފީހެއްގައި މޭޒަކާއި ދެ ކޮންޕިއުޓަރު ބަހައްޓައިގެނެވެ. އެހިސާބުން އެ ވިޔަފާރިއަށް އެހާ ކުޑަކުޑަކޮށް އޮވެވޭ ގޮތެއް ނުވި އެވެ. މަޑުމަޑުން ތެދުވެ ބޮޑުވާން ފެށި އެވެ.

"ދެ ލައްކަ ރުފިޔާގެ ގެއްލުމުގައި ފެށި މި މަސަައްކަތުގައި ފުރަތަމަ އަހަރު ހޭދަކުރީ އެއްވެސް ފައިސާއެއް އަމިއްލަ ބޭނުމަށް ބޭނުން ކުރުމެއްނެތި، ބޭނުންވީ ފައިދާވާ މަސައްކަތަށް އެ މަސައްކަތް ހަދަން. އެންމެ ފުރަތަމަ އަހަރު އެއްވެސް ފައިސާއެއް ނުނަގަން. އެހެންވީމަ ފުރަަތަމަ އަހަރު ހިތަށް އެރީ ސެލަރީއެއް ނުނަގާނަމޭ، މަސައްކަތުން ނަތީޖާއޭ ނެރޭނީ," އަހުމަދު ވިދާޅުވި އެވެ. "އަދި މިގޮތަށް މިހެން ކުރިއަށް ދިއުމުގައި ދޮންބެ އުސްމަތު އިސްމާއީލް ދެއްވި ހިތްވަރު އަދި އިރުޝާދު، އެއީ ނަތީޖާ ނެރެން ލިބުނު ވަރަށް ބޮޑު ހިތްވަރެއް."

ޑީއެމް ފަށައިގަތް ހިސާބުން ފެށިގެން އެއްވެސް އިރެއްގައި އަތް އުރާލައިގެން އިންތިޒާރުގައެއް ނުތިބެ އެވެ. ކުންފުންޏެއްގައި އެންމެ އާދައިގެ މުއަައްޒަފަކު ވެސް އުޅޭ ގޮތަށް ވިޔަފާރީގެ ހުރިހާ މަސައްކަތެއްގައި ދެ މީހުން އެކުގައި އަމަލީ ގޮތުން ބައިވެރިވެ އެވެ. ވައިގެ މަގުން އަދި ކަނޑުމަގުން އެއްޗެއް ގެނައި ނަމަވެސް ކަސްޓަމަރާއި ހަމައަށް އެ އެއްޗެއް ފޯރުކޮށް ދެނީ ދެ މީހުންގެ ސީދާ ބައިވެރިވުމާއެކުގަ އެވެ. އެއީ ލޯބިން ކުރާ މަސައްކަތަކަށް އެކަން ހަދައިގެނެވެ.

"ޑީއެމްގެ ފަރާތުން މި ފޯރުކޮށްދެނީ ޓޯޓަލް ލޮޖިސްޓިކްސް ޓްރާންސްޕޯޓް ސޮލިއުޝަން އެއް، ވަޔާއި ކަނޑުމަގުން... އަދި ބޭރުން މުދާ ގެނެސްދިނުން ވެސް، އަޕް ޓް ޑޯ ޑެެލިވަރީ... މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އަޅުގަނޑުމެންގެ މި ހިދުމަތް ފޯރުކޮށް ދޭނަން. ޑެވިލަރީ ކުުރުމަށް ދޯނި ހަމަޖައްސަ ދިނުމާއި އެހެނިހެން ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކޮށްދެން. މާލެ ކައިރި ހިސާބުތަކުގައި މުދާ ގެންގޮސް ގުދަން ކޮށްދިނުމާއި ހިސާބަށް ވެސް މިހާރު މަސައްކަތް މިވަނީ ފުޅާކުރެވިފައި," މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ކުޑަކުޑަ ކުންފުންޏެއްގައި ބުރަ މަސައްކަތްތަކެއް ކުރެވުނެވެ. އެހެންވެ ދެ މީހުން އުފަން ކުރި ހިޔާލުގެ ތެރެއަށް އިތުރަށް ވަދެވި ދެ މީހުންގެ ޝައުގުވެރިކަަން ބޮޑުވި އިރު ކުންފުނިވެސް އޮތީ ބޮޑުވެފަ އެވެ.

އަހުމަދު ވިދާޅުވާ ގޮތުގައި އެއްވެސް އިޝްތިހާރެއް ކުރުމެއް ނެތި ކުންފުނި އެހާ އަވަހަށް ހިނގައިގަތީ، ހިދުމަތް ހޯދި ކަސްޓަމަރުންގެ ހިތްހަމަ ޖެހި އެ މީހުންގެ ފީޑްބެކާއެކު ހިދުމަތް ހޯދި އާ ކަސްޓަމަރުންގެ ސަބަބުންނެވެ.

"ޑީއެމްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކޮންމެ ކަސްޓަމަރެއްގެ ކޮންމެ މުދަލަކީ ވެސް އެއީ ކުންފުނީގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެކި އެއަށް ބަހައްޓާ ފަރުވާތެރިކަން. އެކަން މިހާތަނަށް ކުންފުނިން ހިދުމަތް ހޯދި ކޮންމެ ކަސްޓަމަރަކު ގަބޫލު ކުރާ ކަން ޔަގީން،" އޭނާ ވިދާޅުވި އެވެ. "ޝިޕްމަންޓް ޑޮކިއުމަންޓް ހަވާލު ކުރުމަށްފަހު ދެން ހުރި ހުރިހާ ކަމެއް ޑީއެމްއިން ކޮށްދޭނެ. އެއީ ވަރަށް ބޮޑު ފަސޭހައެއް ކަސްޓަމަރުންނަށް. އަދި އަޅުގަނޑުމެންގެ މި ހިދުމަތް ފޯރުކޮށްދެނީ ވަރަށް އެކުވެރި ކަމާއެކު. އެއީ މި މަސައްކަތް ކާމިޔާބުވުމުގެ ހަގީގީ އަސްލަކީ,"

މިހާރު 15 އަށްވުރެ ގިނަ މީހުންގެ ޓީމެއް މަސައްކަތް ކުރާ ޑީއެމްގެ ހިދުމަތް 24 ގަޑިއިރަށް އޮވެ އެވެ. އޭގެ ތެރެއން ބައެއް ސްޓާފުންނަކީ ސީދާ ކުންފުނީގެ ފުލްޓައިމް މުވައްޒިފުންނެވެ. ދެން ތިބެނީ އައުޓްސޯސް ކޮށްގެން އެކި މަަސައްކަތްތަކުގައި ބައިވެރިވާ މީހުންނެވެ.

ޑީއެމްގެ އަދި އޮތީ ކުރު ހަޔާތެކެވެ. ނަމަވެސް އެއީ ހިދުމަތުން ފުރިފައިވާ އަދި ގަދަ ހިތްވަރުގެ ވާހަކައެއް ކިޔައިދޭ މާޒީއެކެވެ. ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ހޯދައި ނަތީޖާ ދެއްކި އެވެ. މިދިޔަ އަހަރު އެކަނިވެސް 700 ކަސްޓަރުންނަށް ހިދުމަތް ފޯރުކޮށްދީފައިވާއިރު ކުންފުނީގެ ތިން އަހަރަކީވެސް ފާހަގަކޮށްލެވޭ އަހަރުތަކެކެވެ.

ޑީއެމްގެ ހިދުމަތް ހޯދާނީ ކިހިނެތް؟

  • ޑީއެމްގެ ފޭސްބްކް ޕޭޖުން މެސެޖް ކުރެވޭނެ
  • ޑީއެމްގެ ހޮޓްލައިން 7770311 އަށް ގުޅޭނެ
  • ޑީއެމްގެ އީމެއިލް [email protected]

ޑީއެމް އިން މިހާތަނަށް ކުރި ފާހަގަކޮށްލެވޭ ބައެއް މަސައްކަތުގެ ތެރޭގައި ރ. އަތޮޅު ކޮށްޓަފަރުގައި ހަދަމުންދާ ރިސޯޓަށް ބޭރުން ގެނައި ހުރިހާ ތަކެއްޗެއް ކްލިއާކޮށްދީ، ޑެލިވާ ކޮށްދިނުމުގެ ހިދުމަތް ހިމެނެ އެވެ. ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ލޯންޗް ގެނައި އެއް ކުންފުނި ކަމަށްވާ ޖަލްބޫޓް މޯލްޑިވްސްގެ ހުރިހާ ލޯންޗެއްގެ ކްލިއަރެންސްގެ ހިދުމަތް ދިނީ ވެސް ޑީއެމް އެވެ. އަދި ސިލްވާ ސޭންޑްގެ ވޯޓާސްޕޯޓްސްއާއި ޕޫލް ކެމިކަލްސް ކްލިއާކޮށްދީ ޑެލިވަރީކޮށް ދިނީ ވެސް ޑީއެމް އިންނެވެ.

"މި ދާއިރާއިން އަޅުގަނޑުމެން ނުދޭ ހިދުމަތެއް މިހާރު ނޯންނާނެ. ރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ކޮންމެ ކާގޯއެއް ކްލިއާކޮށް ޑެލިވާ ކޮށްދޭނަން. އިރާދަކުރެއްވިއްޔާ އެ ގާބިލްކަން މިއަދު ޑީއެމްގައި އެބަހުރި,"

ބޮޑެތި ކުންފުނިތަކުގެ އިތުބާރު ހޯދުން

ޑީއެމްއަކީ ރާއްޖޭގައި ބްރޭންޑަކަށްވެ އިތުބާރު ހިފޭ ކުންފުންޏަކަށްވެފައިވާ ކަމުގެ އެއް ހެއްކަކީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ ގެންނަ ޖަލްބޫޓް މޯލްޑިވްސް އާއި ސީގިއާ ފަދަ ކުންފުނިތަކުން މިދިޔަ އަހަރުތަކުގައި ޑީއެމްގެ ހިދުމަތް ހޯދާން ފެށުމެވެ.

ސީގިއާގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނިޔާޒް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުތަކުގައި އެ ކުންފުނިން ގެނައި ހުރިހާ މުދަލަކާއި ސާމާނެއް ރާއްޖެ ގެނެސް، ކްލިއަރެންސްގެ މަސައްކަތް ޑީއެމްއިން ފުރިހަމައަށް ކޮށްދިނެވެ. އަދި އެންމެ ފާހަގަ ކުރެވުނު ކަމަކީ ވަގުތަށް މަސައްކަތް ނިންމައިި ދިނުމެވެ. ޑީއެމްއާމެދު އޮތް ޔަގީން ކަމަކީ މިހާތަނަށް އެ ކުންފުނި މެދުވެރިކޮށް ކްލިއަރެންސް ހެދި އެއްވެސް ޕްރޮޑަކްޓަކަށް ގެއްލުމެއް ލިބިފައި ނުވުމެވެ.

"ވަރަށް ބޮޑު އިތުބާރެއް އަޅުގަނޑުމެންނަށް އޮވޭ ޑީއެމްއާމެދު. މިދިޔަ އަހަރުތަކުގައި ވަރަށް ގިނައިން އެ ކުންފުނީގެ ހިދުމަތް އަޅުގަނޑުމެން ހޯދައިފިން. ބައެއް ފަހަރު ބޮޑެތި ކޮންޓެއިނާ އަދި އަނެއް ބައި ފަހަރު ތަންކޮޅެއް މަދު ތަކެތި، ނަމަވެސް ކޮންމެ ފަހަރަކުވެސް ޑީއެމްގެ ޓީމް އެ މަސައްކަތެއް ކޮށްދެނީ ވަރަށް ފަރުވާތެރިކަމާއެކު. އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް. އަނެއްކޮޅުން ސީދާ ޓައިމަށް އެ މަސައްކަތް ނިންމައިދޭނެ. އަދި އަބަދުވެސް އަންގައިދޭނެ ކޮބައިކަން އަޕްޑޭޓަކީ," ސީގިއާގެ ނިޔާޒް ވިދާޅުވި އެވެ.

ޖަލްބޫޓް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރިފްއަތު ވާފިރު ވިދާޅުވި ގޮތުގައި ޑީއެމްއަކީ އެ ކުންފުނީގެ ވަރަށް ގާތް ބައިވެރިއެކެވެ. އެ ކުންފުނި މެދުވެރިކޮށް ހޯދި ހިދުމަތްތަކުގައި އެއްވެސް މައްސަލައެއް ޖެހިފައިނުވެ އެވެ. -- ޖަލްބޫޓް މޯލްޑިވްސްއަކީ މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ލޯންޗް ގެނައި އެއް ކުންފުންޏެވެ.

"ވަރަށް ފްރެންޑްލީ މޯޑް އަދި އަހުމަދު ވެސް. އެއީވެސް ޑީއެމްގެ ހިދުމަތް ހޯދުނު ސަބަބެއް. އަދި މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި އަޅުގަނޑުމެން ގެންނަ އެއްޗެހި އަޅުގަނޑުމެންނާ ހަމައަށް އެ ކުންފުނިން ފޯރުކޮށްދޭ. މިހާރު ތިން އަހަރުވީ. އެންމެ ފަހަރަކު ވެސް މައްސަލައެއް ޖެހިފައެއް ނެތް. އެހެންވީމަ ވަރަށް ބޮޑު އިތުބާރެއް ޑީއެމްއާމެދު މި އޮތީ," ރިފްއަތު ވިދާޅުވި އެވެ.

ކޮފީ ބަޖެޓެއް ބާއްވަން ދެ ޒުވާނުން ފެށި ވިޔަފާރި ފުޅާވެ މިއަދު ރާއްޖޭގައި އެންމެ ނަން ހިނގައި ކާގޯ ވިޔަފާރި ތެރޭގައި ވަނީ ހިމެނިފަ އެވެ. މިހާރު އެ ކުންފުނީގެ އަމާޒު ހުރީ ހަމައިސްކޮޅަށް ތެދުވުމެވެ. އެހެންވެ މި އަހަރާ ޑީއެމް ކުރިމަތިލީ އާ އުންމީދުތަކާއި ކާމިޔާބު ހޯދަން ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލް ކުރުމުގެ އަޒުމަކާއެކުގަ އެވެ. ކުންފުނީގެ އެސެޓްތައް އިތުރުކޮށް ކަސްޓަމަރުންނަށް އަވަސް އަދި މިހާރަށްވުރެ އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދިނުމެވެ.

"ވަރަށް ބައިވަރު ބޮޑެތި ތަންތަނަށް މިހާރުވެސް އަޅުގަނޑުމެންގެ ހިދުމަތް އެބަދެން. އަދި މި އަހަރުވެސް ބޮޑު ހަތަރު ޕްރޮޖެކްޓެއް އެބަ އުޅޭ. އެ ޕްރޮޖެކްޓްތައް ސަކްސަސްވުން އެއީ އެންމެ ބޮޑު އުންމީދަކީ,"