ހަބަރު

ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ އީއައިއޭ ހަދަން ހަވާލުކޮށްފި

ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ ޑިޒައިނިން މަސައްކަތާއި، ސާވޭ އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގު ހެދުމުގެ ސާވޭއާއި، ޑިޒައިނިން އަދި އީއައިއޭ ހަދަން ހަވާލުކޮށްފައިވަނީ ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، މ.މުލި، ލ.ގަން، އަދި ތ.ގުރައިދޫގެއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާ އެވެ.

ޖުމްލަ 3،176،164.50 ރުފިޔާގެ އަގަކަށް އެ މަސައްކަތް އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް އާއި ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގު އެވެ. އަދި އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީސްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަރ އޮފް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީސް އަބްދުލް ރައްޒާގު އިދްރީސް އެވެ.