ލައިފްސްޓައިލް

ޖަމަލެއް އިންސާނެއްގެ ގައިގައި ބައްދާލަނިކޮށް ދުށިންތަ؟

ހިތްހަމަޖެހޭ ކަހަލަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ބަލާލުމުން ހިތަށް ތަފާތު އިހްސާސްތަކެއް ކުރެވެ އެވެ. މިހާރު ދައުރުވަމުންދާ މި ވީޑިއޯ އަކީ ވެސް މިފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯ އެކެވެ. މިއީ އިންޑިއާގެ ފޮރެސްޓް އޮފިސަރެއް ކަމަށްވާ ސުސާންތާ ނަންދާ ނަގާފައިވާ ވީޑިއޯ އެކެވެ.

ޖަމަލެއް އިންސާނެއްގެ ގައިގައި ލޯބިން ބައްދާލާ މަންޒަރު ފެންނަ މި ވީޑިއޯ ޓުވިޓާގައި ޝެއާ ކުރަމުން ސުސާންތާ ބުނެފައިވަނީ އަހަރެމެންނަށް ލިބޭނީ އަހަރެމެން އެހެން މީހުންނަށް ދޭ އެއްޗެއް ކަމަށެވެ. މި ޖަމަލުގެ ވެރި މީހާ ޖަމަލުތައް ތިބޭ ތަނާ ދުރުގައި ދުވަސްކޮޅަކު އުޅުމަށްފަހު އެނބުރި އައި ދުވަހު ޖަމަލުތައް ލޯބިން ގޮސް އެމީހާގެ ގައިގައި ބައްދާލި މަންޒަރަކީ ހަގީގީ ސާފު ލޯބީގެ މިސާލެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ލޯތްބަކީ ހަމައެކަނި އިންސާނުންނަށް އިހްސާސް ކުރެވޭ ޝުއޫރެއް ނޫންކަމާއި ލޯބިދިނުމަކީ ޖަނަވާރުންނަށް ވެސް ކުރަން އެނގޭ ކަމެއް ކަން މި ވީޑިއޯ އިން ވަރަށް ރަނގަޅަށް ހާމަވެ އެވެ.