ފިލްމާއި ޓީވީގައި ދޭ އެންމެ ބޮޑު އެވޯޑު، ގޯލްޑަން ގްލޯބް އެވޯޑްސްގެ އެންމެ ހާއްސަ ވަނަތައް ފިލްމު "1917" އާއި ޑައިރެކްޓަރު ކްއެންޓިން ޓެރެންޓީނޯ ގެންގޮސްފި އެވެ.
ހަތްދިހަ ހަތް ވަނަ ގޯލްޑަން ގްލޯބް އެވޯޑުގައި ޔުނިވާސަލްގެ ފިލްމު "1917" އަށް ބެސްޓް ޑްރާމާ އާއި އެ ފިލްމުން ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ސޭމް މެންޑޭޒް ވަނީ ހޯދާފަ އެވެ.
ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްތަކުގައި ހަނގުރާމަމަތީ އުޅުނު ދެ ސިފައިންގެ މީހެއްގެ ވާހަކަތައް ގެނެސްދޭ މި ފިލްމު އެވޯޑު ހޯދީ މުޅި ދުނިޔޭގައި ވެސް މަގުބޫލުވި ފިލްމުތަކަކާ ވާދަކޮށްފަ އެވެ. އެގޮތުން، "ދަ އައިރިޝްމަން" އާއި "މެރިޖް ސްޓޯރީ" އަދި "ޖޯކާ" ފިލްމު ފާހަގަ ކޮށްލެވެ އެވެ.
މީގެ އިތުރުން ހަފުލާގައި ޓެރެންޓީނޯގެ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" ފިލްމަށް ވަނީ ތިން އެވޯޑެއް ލިބިފަ އެވެ. އަނިޔާވެރި ލޭ އޮހޮރުވާ ފިލްމުތަކަށް މަޝްހޫރު ޓެރެންޓީނޯގެ މި ފިލްމު މި ފަހަރު ގެނދިޔައީ ބެސްޓް ކޮމެޑީ /މިއުޒިކަލްގެ އެވޯޑާއި އާއި ސަޕޯޓިން އެކްޓަރުގެ ރޯލުން ބްރެޑް ޕިޓަށް ލިބުނު އެވޯޑު އެވެ. އަދި، ބެސްޓް ސްކްރީން ޕްލޭގެ އެވޯޑު ޓެރެންޓީނޯ ގެންދިޔަ އެވެ.
ގްލޯބްސް އިން ފާހަގަކޮށްލެވޭ ބައެއް އެވޯޑުތައް
- ބެސްޓް އެކްޓާ އިން ޑްރާމާ - "ޖޯކާ" އިން ވާކީން ފީނިކްސް
- ބެސްޓް އެކްޓްރެސް އިން ޑްރާމާ - "ޖޫޑީ" އިން ރެނީ ޒެލްވެގާ
- ބެސްޓް އެކްޓްރެސް އިން ކޮމެޑީ/މިއުޒިކަލް - "ދަ ފެއާވެލް" އިން އާކުއަފީނާ
- ބެސްޓް ފޮރެން ލެންގުއޭޖް ފިލްމު - "ޕެރަސައިޓް"
- ބެސްޓް ޑްރާމާ ސީރީޒް - އެޗްބީއޯގެ "ސަކްސެޝަން"
- ބެސްޓް ޓިވީ ސީރީޒް އިން ކޮމެޑީ/މިއުޒިކަލް - "ފްލީބޭގް"
މި އެވޯޑުތަކުގެ އިތުރުން، ކޮމެޑީ/ މިއުޒިކަލް އިން އެވޯޑު ގެންދިޔަ އާކުއަފީނާ ވެސް ހަފްލާގައި ހާއްސަ އެވެ. ދެކުނު އޭޝިއާގެ އެކްޓްރެސް އަކަށް ފުރަތަމަ ފަހަރަށް ގޯލްޑެން ގްލޯބްސް އެވޯޑެއް ލިބުނު ކަމުގެ މަގާމު ގެންދިޔައީ މި ތަރި އެވެ. އޭނާ އެވޯޑު ގެންދިޔައީ ހޮލީވުޑްގެ މަގުބޫލު އެކްޓަރުން ކަމަށްވާ ކޭޓް ވިންސްލޭ އާއި އެމާ ތޮމްސަން އާ ވާދަކޮށެވެ.