ފަހު މެޗުގައި ޕޮލިސް ކުލަބު އަތުން ބަލިވި ނަމަވެސް އެއް ޕޮއިންޓްގެ ތަފާތުން ގައުމީ ވޯލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީން ހޯދައިފި އެވެ.
ރޭ ކުޅުނު މެޗުން ޑީއެސްސީ ބަލިވީ 3-2 ސެޓުންނެވެ. ޑީއެސްސީ އަށް ސެޓެއް ނުދީ ސީދާ ތިން ސެޓުން ޕޮލިސް ކުލަބު މެޗު ނިންމާލިނަމަ ޕޮލިހަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެހެންނަމަވެސް ޑީއެސްސީ އިން ސެޓް ކާމިޔާބު ކުރުމުން ޕޮލިސް ކުލަބަށް ވުރެ އިތުރަށް އެއް ޕޮއިންޓް ޑީއެސްސީ އަށް ލިބެ އެވެ. އެ ޓީމަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ޕޮލިހަށް 15 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކުލަބު ކާމިޔާބު ކުރީ 25-23 ންނެވެ.، ދެ ވަނަ ސެޓް ޑީއެސްސީ ކާމިޔާބު ކުރީ 26-24 ންނެވެ. ތިން ވަނަ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 26-24 ންނެވެ. ހަތަރު ވަނަ ސެޓް ވީ މުބާރާތުގެ ޗެމްޕިއަންކަން ޑީއެސްސީން ކަށަވަރު ކުރީ ހަތަރު ވަނަ ސެޓް 28-26 ކާމިޔާބު ކޮށްގެންނެވެ. ފަސް ވަނަ ސެޓް ޕޮލިސް ކުލަބު ގެންދިޔައީ 15-11 ންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ އާދަމް ނަސީމު (އެޑަމް) އެވެ. އެންމެ މުބާރާތުގެ އުންމިދީ ކުޅުންތެރިތަކަށް ހިވުނީ ގުޑީސްގެ ޝަމާއީލް ހުސައިންނެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ޑީއެސްސީގެ ކޯޗް މުންތާޒު އަލީ އެވެ.
މުބާރާތުގެ ޑްރީމް ޓީމު
ހުސައިން ޝާހިދު (ޑީއެސްސީ)
އިސްމާއީލް ސާޖިދު (ޕޮލިސް ކުލަބު)
އަހްމަދު އަބްދުލް ކަރީމް (ޑީއެސްސީ)
އަލީ ހުޒާމް (ޕޮލިސް ކުލަބު)
އަހްމަދު ނަބީލް (ޑީއެސްސީ)
އިސްމާއީލް ސާޖިދު (ޕޮލިސް ކުލަބު)
ހުސައިން ޔޫސުފް (ޕޮލިސް ކުލަބު)
އާދަމް ފައިރޫޒޫ (ގުޑީސް ސްޕޯޓްސް ކުލަބު)