ހަބަރު

މުނާޒްގެ މައްސަލައެއް އޭސީސީއަށް

Jan 7, 2020
3

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާ ގުޅޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ އިހުތިޔާރުގެ ދަށުގައި އޮންނަ ގައިދީންގެ އަދަބު ލުއިކޮށް ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން ގައިދީއެއްގެ އަދަބު ލުއި ކޮށްދިނުމަށް ރައީސް އޮފީހުން ކަރެކްޝަނާއި ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ އަހަރު އޭޕްރީލް މަހު 18 ގައި އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ސިޓީއާ ހަވާލާދީ، އަދަބު ލުއި ކޮށްދޭން ރައީސް އަންގާފައި ނުވާ ލ. ގަން ތުނޑި، މައުސޫމް މޫސާ މިނިވަން ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ބުނެ ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކޮށް އެ މަހު 24 ލިޔުން ދޫކޮށްފައި ވާ ކަމަށެވެ. އަދި އެއީ މަގާމްގެ ނުފޫޒު ބޭނުން ކޮށްގެން މަންފާއެއް ހޯދައިދޭން ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ވެސް ކަށަވަރުކޮށްދެ އެވެ.