"ހާދަ ބޮޑު މަސްރޮއްޓެކޭ! މީތި ހާދަ ބޮޑޭ؟" އުރީދޫގެ "ޑޭޓާ ޝެއާ" ޕެކޭޖުތައް ތައާރަފުކުރަން ފިހެފައި އޮތް ބޮޑު ބިޔަ މަސްރޮށި ފެނިފައި ހުރިހާ ނޫސްވެރިންގެ ސަމާލުކަން އިއްޔެ ހުއްޓުނެވެ.
"މިހާތަނަށް ބޮޑު މަސް ރޮށި ފެންނަނީ ޗީބޯއިން" ހައިރާންވެ އުރީދޫގެ ބޮޑު މަސްރޮއްޓަށް ބަލަމުންދިޔަ ނޫސްވެރިޔަކު ބުންޏެވެ. އުރީދޫގެ އޮފިޝަލުންގެޖަވާބަކީ މިއީ އެވެ:
"މިހާރު އެންމެ ބޮޑު މަސްރޮށި މިއޮތީ އަޅުގަނޑުމެންގެ އަތުގައި"
އެ ބޮޑު ބިޔަ، މަސް ރޮއްޓާ ދިމާއަށް ނުބެލެންވީ ސަބަބެއް ނެތެވެ. ސުވާލު ނުކުރާން ކުރާންވީ ސަބަބެއް ވެސް ކުޅުދިޔައި ނުވާންވީ ސަބަބެއް ވެސް ނެތެވެ. އުރީދޫގެ އެ މަސްރޮށި ހަމަ ބޮޑީ އެވެ. ބަލާބެލުމަށް ވަށަމިނުގައި ފުޅާ ދޮލަނގެއް ވަށަމިން ހުންނާނެ އެވެ.
ކައިކައި ހުސްނުވާނެ މި ބިޔަ މަސްރޮށި އުރީދޫއަށް ފިހެދިނީ "ޓީލް ޕެޓިޝަރީ" ކެފޭ އިންނެވެ.
އުރީދޫން ޕްރޮމޯޝަން ލޯންޗް ކުރަން މިއަދު ބޭނުންކުރި މަސްރޮށި ނޫސްވެރިންނަށް ވެސް އަދި އެ ހަފުލާއަށް ދިޔައ މީހުނަށް ވެސް ވީ ވަރަށް ހާއްސަ އެއްޗަކެވެ. އެކަން އެނގުނީ ބައެއް މީހުން އެއޮއް ބޮޑު މަސްރޮއްޓާއެކު ސެލްފީ ނަގައި އިންސްޓަގްރާމް ކުރަން ދުވުނު ވަރުންނެވެ.
"ކޮންމެހެން ވެސް މިއާއެކު ސެލްފީއެއް ނަގަން ވާނެ. ސެލްފީއެއް ނުނަގައި މި ދޫކޮށްލާކަށް ނުވާނެ،" ނޫސްވެރިޔަކު ބުންޏެވެ.
މި ބިޔަ މަސްރޮށި ހާއްސަވި ވަރުން އެންމެ ފަހުން މަސްރޮށި ފަޅަން ޖެހުނީ ވެސް ނޫސްވެރިންނަށެވެ. އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ؛"އުރީދޫގެ މަސްރޮށި ފަޅާނީ ނޫސްވެރިން" ކަމަށެވެ.
އެ ބިޔަ މަސްރޮށިން ކައިކައި ބަނޑުބޮޑުވި އިރު ވެސް ބައެއް މަދުވިހެނެއް ހީއެއް ނުވެ އެވެ. ފަހަރުގައި އެއީ އުރީދޫގެ ހިދުމަތް ހޫނު، މީރު، މަސްރޮއްޓެއްހާ ތާޒާކޮށް ފުރިހަމަކޮށް އާންމުންނަށް ސިފަކޮށްދޭން އުރީދޫން ފިހުން މަސްރޮއްޓަކަށް ވެދާނެ އެވެ.