ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ދެއްވާ ރިޔާސީ ބަޔާން އިއްވުމަށް އަންނަ މަހު ތިން ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އޮންނާނީ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މަޖިލިސް ހުޅުވުމުގެ ޖަލްސާ ރާއްޖޭގައި ކުރިއްސުރެ ބާއްވަމުން އައީ މަޖިލިސްކުރާ ގޭގައެވެ. އެ ކަން ބަދަލުކޮށް ޖަލްސާ ދަރުބާރުގޭގައި ބާއްވަން ފެށީ މިދިޔަ 2017 ވަނަ އަހަރު އެވެ. އަދި ރައީސް ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާންވެސް އިއްވީ ދަރުބާރުގޭގައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މީީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު މިރޭ ވިދާޅުވީ ރައީސް ސޯލިހު ދެއްވާ ދެވަނަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވާ ޖަލްސާ ވަނީ މަޖިލީސް އިދާރާގައި ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފަށަން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. އެގޮތުން ސަރުކާރުން މުޅި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނެ އެވެ. އެ ޖަލްސާގައި މަޖިލިސް މެންބަރުންގެ އިތުރު ސަރުކާރުގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަންނަ މަހު ތިނެއްގައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އޮންނަ އިރު ރައީސް އޮފީހުން ވަނީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.