ރިޔާސީ ބަޔާން

މިއަހަރު ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ލިބޭނެ

ފުލުހުންގެ ރަސްމިއްޔާތެއްގައި ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ފުލުހުންގެ 18 މަރުކަޒެއް ހުޅުވާ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމް ކުރެވޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ގާނޫނު ތަންފީޒު ކުރި ފަހުން އޭގެ މަންފާ ރައްޔިތުންނާއި ފުލުހުންނަށް ލިބޭކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން 100 އަށް ވުރެ ގިނަ ރަށުގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޮޑީ ވޯން ކެމެރާ ތައާރަފްކޮށް ރައްޔިތުންނާއި ފުލުހުންގެ ރައްކާތެރިކަމަށް އޮންނަ ޖާގަ ފުޅާ ކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ދިވެހި ފުލުހެއް ފުރަތަމަ ފަހަރަށް އިންޓަޕޯލްގައި މިހާރު މަސައްކަތް ކުރަމުން ގެންދާކަން ރައީސް ސޯލިހް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ދިފާއީ ބާރުން އެއްގަމާއި ކަނޑާއި ވައިގެ ޒަރިއްޔާއިން ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމަށް އޮޕަރޭޝަންތައް ހިންގާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މިފަދަ 25،610 އެތައް އޮޕަރޭޝަނެއް ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގާފައިވޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލިބިފައިވާ ޖޯރު ކަމަށާއި ދިވެހި ގައުމިއްޔަތުގެ ހުރިހާ ރުކުންތަކުގެ ދިފާއުގައި ތިބީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345