ހަބަރު

ޔޫއްޕެ ޕްރޮޑަކްޝަންގެ އުފެއްދުމެއް ދިރާގު ޓީވީއަށް!

ދިރާގު ޓީވީން ޔޫއްޕެ ޕްރޮޑަކްޝަނާއެކު އާ ދިވެހި ސީރީޒެއް އުފައްދަން އެއްބަސްވެ ސޮއި ކޮށްފި އެވެ.

ދިރާގުން ބުނީ މި ސީރީޒް ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބުރަރީން މިއަހަރު އާންމުންނަށް ގެނެސްދޭނެ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު ޓީވީން ކުރިއަށް އޮތް ތާނގައި ދިވެހި ފިލްމީ އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީއޯޑީ އޮންޑިމާންޑް ޕްލެޓްފޯމުގައި މަގު ފަހިކޮށްދޭނެ އެވެ. އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއަރުވާ އިތުރު ހަރުފަތަކަށް ގެންގޮސް ދިނުމެވެ.

"ޔޫއްފެ ޕްރޮޑަކްޝަން" އަކީ މައްޝޫރު ދިވެހި ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) 2004 ވަނަ އަހަރު އުފެއްދި ފިލްމު ކުންފުންޏެކެވެ.