ރާއްޖެ ކުޅިވަރު

ޝާޑު: ހުވަދު އަތޮޅު ފަހުރުވެރިވާ ކުޅުންތެރިއެއް

Aug 28, 2015
3

މިނަވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މާދަމާ ތިނަދޫ އެ އަތޮޅު ހޯޑެއްދުވާ ދެކޮޅަށް ނުކުންނައިރު އަތޮޅުގައި ހުރި އެންމެ މޮޅުކުޅުންތެރިޔާ މުހަންމަދު ޝާހިދު ހުރީ އިތުބާރާއެކުވެ.

މާދަމާ މެޗުން މޮޅުވާން ތިނަދޫއަށް މޮޅުވާން ކޮންމެހެންވެސް މަޖުބޫރެވެ. އަމިއްލަ ދަނޑުގައި ފަރެސްމާތޮޑާ އަތުން ބަލިވުން ސަޕޯޓަރުން ތިބީ ކުއްލި ޝޮކެއްގެ ތެރޭގަ އެވެ. އެހެންނަވެސް ހަދާން ނައްިތައިގެން ނުވާނެވަރުގެ ކުޅުންތެރިއެއް ތިނިދޫޓީމުގެ ސޮކްޑްހިމެނެ އެވެ.

ތިނަދޫ ޓީމުގެ ޖާޒީ ނަންބަރު ފަހަކަށް ކުޅެމުން އަންނަ ޝާޑުއަކީ ހުނަރާ ގާބިލް ކަމަށް ބަލާއިރު މުޅި ހުވަދޫއިން ވެސް ފާހަގަކޮށްލެއްވޭ މޮޅުކުޅިންތެރި އެކެވެ. ުެޝާޑުގެ ހުނަރުފެނިފަ ފުރަތަމަ ޑިވަޝަން ކުލަބްތަކުން ފުރަތަމަ ޝާޑުގެ ސޮއި ލިބޭތޯ މަސައްކަތްކުރިކަމަށް ތިނަދޫޓީމުގެ މެނޭޖްމަންޓް އިސްއޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެމުން ބުންޏެވެ.

" 2007 އަަދި 2006 މާލޭގަ ކުޅުނު ޒޯން މުބާރާތުން ޝާހިދުގެ ކުޅުން ފާހަގަވެގެން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގެ ކޯޗުން ޓީމުގެ މެނޭޖްމެންޓާ އޭރު ވާހަކަދެއްކި" އޭރުވެސް މިހާރުވެސް ޓީމުގެ ހިމެނީ އިސް އޮފިޝަލެއް އަވަސްއަށް މައުލޫމާތުދެމުން ބުންޏެވެ.

ތިނަދޫޓީމުުންެ މެނޭޖްމަންޓުން މައުލޫމާތު ދިންގޮތުގައި އޭރު ފުރަތަމަ ޑިވިޝްކުލަބްތަކުގައި އަތޮޅުތެރޭގެ ކުޅިން ތަފާތުކުރުމާ މިފަދަ އެއްތަށް ސަބަބުތާކާހުރެ ޝާޑު އެފަދަޓީމަކަށް ކުޅެން ލިބުނުފުރުސަތު ދޫކޮއްލީ އެެވެ.

ޝާޑުއަށް އެންމެފިހުން ހުސްވި ޑިސެންބަރުމަހުގައި ވަނީ މިހާރު ޓީސީގެ ކޯޗާއެކު ރަގަޅު ތަމްރީން ތަކެއް ރަގަޅު ފިލާވަޅުތަކެއް ދަސްވެފައެވެ. ޑިސެންބަރުގައި ރަށުގެ އަމިއްލަ ޖަމިއްޔާކަމަށްވާ ހުވަދޫ ރެކްރިއޭޝަނުން އިންތިޒާމުކުރި މުބާރާތެއް ނިޒާމް ކޯޗުކޮށްދިން ޓީމަށް ކުޅެ މުބާރާތު ރަނަރަޕްކަން ހޯދާފައެވެ.

ނިޒާން ބުނާގޮތުން ޝާޑުއަކީ ކުޅުންތެރިޔާގެ ހުނަރަށް ބަލާއިރު ފުރަތަމަ ޑިވިޝަން ކުލަބްތަކަށް ކުޅޭފެންވަރުގެ ކުޅުންތެރިއެކެވެ. ޝާޑު ފެންވަރު އިތުރުދެއަހަރު ކުޅެލައިފަކަަމަށް ރާއްޖޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކަށް ވާނެކަމަށް ނިޒާމް ބުންޏެވެ.

"ރާއްޖޭގައި އަތޮޅެއްގައި ފެނުނު ކުޅުންތެރިޔަކަށް ބަލާއިރު ސީނިއަރ ކޯޗަކާއެކު ވޯކް ކޮއްފިކަމަށް ވާނަ ތަފާތު މޮޅުކުޅުންތެރިޔަކަށް ވާނެ،" ނިމިދިޔަ ޑިސެންބަރުގައި ހޯބަހަކުން ޓީމަށް ކޯޗުކޮށްދިން ނިޒާމު ބުންޏެވެ.

ނިޒާމް އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެފެންވަރުގެ ކުުޅުންތެރިޔަކު އެއްފެންވަރެއް އަތޮޅުތެރޭގެ ވާދަވެރި މުބާރާތެކެއްގައި ކުޅެމުންއަންނާތީ ހައިރާންވެސް ވާކަމަށެވެ. އަދި މިމުބާރާތުގައި ޝާޑު ކުޅުން ވަަރަށް ބޮޑަށް ކޯޗުންގެ ލޮލުގައި އަޅައިގަންނާނެ ކަމަށާއި އެންމެފަހުން ކުޅުނު މުބާރާތުގެ ކުޅުނު ކުޅުން ޝާޑު ދައްކާފިނަމަ އެއީ އިދިކޮޅު ޓީމައޮތް ބޮޑުބިރެއް ކަމަށެވެ.

ޝާޑުއަކީ ޕްރެކްޓިސް ބާރަށް ހާޒިރުވާ ކުޅެންތިރަޔަކަން ފާހަގަކުރަމުން ނިޒާމް ބުނީ އެއީ ޕްރެކްޓިސްގައި ގަދައަޅާ މަސައްކަތް ކުރާކުޅުންތެރި އެއްކަމަށެވެ. އެހެންކުޅުންތެރިންނާ ޝާޑު އާއި ތަފާތު ކަަމަށް ދައްކީ މިވެނިކަމެއް މިވެނި ގޮތަކަށް ކުރަން ބުނެފިނަމަ ޝާޑް އެގޮތަކުން އެކަންކުރެވޭތޯ މަސައްކަތް ކުރާކަމަށް ނިޒާމް ބުންޏެވެ.

ޝާޑުގެ ކުޅުންފެނިފަ މާލެގެންދަން ވަރަށް ބޭނުންވި ކަމަށާއި އެހެންނަވެސް ވަޒީފާގެ ކަންކަން ހުރިގޮތުން މިވަގުތު ބަދަލުވާން ޝާޑުއަށް އުދަނގޫވިކަމަށެވެ. ޝާޑު އިންވުރޫވް ކުރަން ވަރަށް ގިނަމެޗް އެކްސްޕީރިއަންސް ބޭނުންވާކަމެށެވެ.

ތިނަދޫ ރައްޔަތުން ތިބީ ޝާޑުގެ ލަނޑަކާއެކު މާދަމާގެ މެޗުން މޮޅުވެ މުބާރާތުގެ ފުރަތަމަ މޮޅު ތިނަދޫ ހޯދާނެ ކަމުގެ އުންމީދުގައިއެވެ. މާދަމަ މެޗާުކުރިމަތިލާއިރު ފާހަގަވާ އެއްކަމެއް އެބައޮތެވެ. ތިނަދޫ މިފަހަރުގެ ޓީމގައި ތިން ބެއިން ފެނިގެންދާނެވެ. މުހަންމަދު (ޝާޑު) އާއެކު އާނާގެ ބޭބެ ސައުދު އަލީ ، ކޮއްކޮ ސާލިމް އަލީ ޓީމުގެ ހިމެނޭ މުހުންމު ކުޅުންތެރިންނެވެ. މީއީކީ އިއްތިފާގެއް ނޫނެވެ