ހުޅުލެއާއި ހުޅުމާލެ ގުޅާލާފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިރޭ 21:30 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓްގައި ދެ މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަނިޔާވެފައިވަނީ ދެ ފިރިހެނުންނަށެވެ.
ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ވަނީ ފަށާފައެވެ. އޭގެ ތެރެއިން އެކެއްގެ ހޭ ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެކްސިޑެންޓާ ގުޅިގެން ފުލުުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.