އަަހަރެއް ފަށާއިރު، އާ އަހަރުގެ އާ އަޒުމުތައް ގެންގުޅެ އެވެ. އެ އަހަރަކު ކާމިޔާބު ކުރަން ބޭނުންވާ ހާއްސަ ލަނޑުދަނޑިތަކެއް ވެސް ހުރެ އެވެ. އެކަންކަން ފޮތްތަކުގަ އާއި ނޯޓް ތަކުގައި ލިޔެ މުޅި ޑެސްކާއި ފާރު ފުރެންދެން ތަތްކޮށްގެން ވެސް އުޅެވެ އެވެ. އެކަމަކު ނޯޓްތައް އެކި ދިމަދިމާއަށް އުކާލައިގެން އުޅެންޖެހޭތީ އެއްވެސް ކަމެއް އެންމެ ރަނގަޅަށް ޕްލޭން ނުކުރެވި އޯގަނައިޒްޑް ނޫން އަހަރަކަށް އޮންނަނީ ވެފަ އެވެ.
އެކަން ހައްލުވާން އެބަޖެހެ އެވެ؛ މި އަހަރުގެ މި ކަލަންޑަރަަކީ މި ކަމަށް އޮތް ހައްލެއް ކަަމަށް ބަލާށެވެ. ބައިވަރު ކަލަންޑަރުގެ ތެރެއިން މި ކަލަންޑަރު ނަގަން ޖެހެނީ އޮފީސްތަކުގައި އުޅޭ މީހުންނާއި ކިޔަވާ ކުދިންނާއި ގޭ ތެރެ އައި ސްޓަޑީ ޓޭބަލްތަކަށް ވެސް ހާއްސަކޮށް ސީދާ މީހާއާ ގުޅުވާފައިވާތީ އެވެ. -- ހުރިހާ ޝުކުރެއް އޮތީ ދިވެހި އިންޝުއަރެންސަށެވެ.
އޮފީހާއި ގޭގެ މޭޒުމަތީ އޮންނަ ނޯޓް ފޮތާއި ގަލަން ޖަހާ އެއްޗާއި ސްޓިކީ ނޯޓްތަކާއި ހުރިހާ އެއްޗެއް އެތަން މިތަނަށް ކޮއްޕައިގެން ގޯލްސް އެޗީވް ނުވެ ދާދިއުން ދިވެހި އިންޝުއަރެންސްގެ މި ކަލަންޑަރުން ކުޑަކޮށްދޭނެ އެވެ. މި ކަލަންޑަރު މޭޒު މަތީގައި ބަހައްޓާލުމުން މޭޒުމަތީގައި ހުންނަ އެހެން ސާމާނުތައް ދުރަށް ޖައްސާލެވޭނެ އެވެ. ޖާގަ ތަނަވަސް ކޮށްލައިދީ އަހަރަށް ބޭނުންވާ ގޯލްސް އެޗީވް ކުރަން ރަނގަޅަށް އެހީވެދޭނެ އެވެ. މޭޒުގެ ގޮނޑު ކަމުން ލައްވާލާ ސްޓްރެސް ފިލައިގެން ދާނެ އެވެ.
ދިވެހި އިންޝުރަންސް އިން އެ ކުންފުނީގެ ވިލު ނޫ ކުލަ ހިމަނައި ރީތި ޗާޕަކުން ގެނެސްދީގައިވާ މި ކަލަންޑަރަަކީ އާދަޔާހިލާފު ކަލަންޑަރެއް ނޫނެވެ. އެކަމަކު މިއީ އާދަޔާ ތަފާތު ކަލަންޑަރެކެވެ. މި ކަލަންޑަރުގައި ވެސް ރީތި ފޮޓޯތައް ހުރެ އެވެ. އޭގެ އިތުރުން، އެކި ކަހަލަ މެސެޖުތައް ވެސް ހިމަނާފައި ވެ އެވެ. ދުވަސް ފެށުމުގެ ގޮތުން މިއިން މެސެޖެއް ކިޔާލުމުން ހިތްހަމަޖެހުން ލިބޭނެ އެވެ. ހަކަތަ މައްޗަށް ޖައްސައިދީ މަސައްކަތުގެ ރޫހު ގެނެސްދޭނެ އެވެ.
މި ކަލަންޑަރުގައި ދެ ޕެން ހޯލްޑާ ސްލޮޓްގެ އިތުރުންް ކުޑަ ސްޓޯރޭޖް އޭރިއާ އެއްވެސް ވަނީ ހިމަނާފައި ވެއެވެ. އެ ތަނަށް ކޮންމެ ދުވަހަކު ވެސް ބޭނުން ޖެހޭ ސްޓޭޕްލްސް އާއިި އެފަދަ އެހެން ހުރިހާ ސާމާނު ލައި ގެން ތަރުތީބެއް ގެނެވޭނެ އެވެ.
އެންމެ ހާއްސަައީ ކަލަންޑަރާ ގުޅިގެންދާނެ ގޮތަށް އަމިއްލަ ފޯނު ބައިންދާލާ ފޯނު ޗާޖް ކޮށްލެވޭ ގޮތަށް ހަދާފަައިވާތީ އެވެ. މިއީ މި ކަލަންޑަރުގެ އެންމެ ހާއްސަ ސިފައޭ ވެސް ބުނެވިދާނެ އެވެ.
އަދި ހުރިހާ އެއްޗެއް އަތުރާލާފައި ބެހެއްޓުމުން ކިހާ ރީތި ވެސް ވާނެ ހެއްޔެވެ؟ ހަމަ ގައިމުވެސް މި ކަލަންޑަރުގެ އެހީގައި ކަންކަން ތަަރުތީބުކޮށްލައި ކުރަަން ހުރި މަސައްކަތްތަކާއި ދުވަހާއި ހަފުތާގެ ޝެޑިއުލްގެ ހާސްކަން ފިލުވައިލެވިދާނެ އެވެ.
ބައިވަރު، ބައިވަރު ކުލަ ކުލައިގެ ތަަފާތު ޑިޒައިންތަކުގެ ކަލަންޑަރުތައް ކޮންމެ އަހަރަކު ވެސް އެއް ބަޔަކަށްވުރެ އަނެއް ބަޔަލު މޮޅަށް ތައްޔާރުކޮށް ވާދައަށް މޭޒުމައްޗަށް ލައިދެ އެވެ. އެކަމަކު ދިވެހި އިންޝުއަރެންސްގެ މި ކަލަންޑަރުގައި މި ވާހަކަ މިގޮތަށް ލިޔެލެވޭ ވަރުގެ ތަފާތަކާއި ތަރުތީބު ކަމެއް އެބަހުއްޓެވެ.