ހަބަރު

މެރިން އެކްސްޕޯ ބާއްވައިދޭނެ ބަޔަކު ހޯދަނީ

މޯލްޑިވްސް މެރިން އެކްސްޕޯ 2017 ގެ ސްޓޯލެއް
0%
0%
0%

މޯލްޑިވްސް މެރިން އެކްސްޕޯ އިވެންޓް މެނޭޖް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރަށް މޯލްޑިވްސް މެރިން އެކްސްޕޯ އިވެންޓް މެނޭޖް ކުރަން ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް ދައުވަތު ދޭ ކަމަށެވެ.

އެކްސްޕޯގައި ބައިވެރިކުރަން ގަސްތުކުރާ ފަރާތްތަކާއި، ފައިސާ ހޯދާނެ ގޮތްތަކާއި ހަރަދު ކުރާނެ ކަންކަމާއި، ކޮންމެ އަހަރަކަށް ވަކި ވަކިން ފަސް އަހަރު ދުވަހުގެ ރޯޔަލްޓީ ފީގެ އިތުރުން، ބޯޓިން އިންޑަސްޓްރީއަށް އެކްސްޕޯއިން ވާނެ ފައިދާތައް ހިމެނުމަށް ވެސް އެދިފައި ވެއެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މި މަހުގެ 21 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910