ހަބަރު

ރޯދަ މަހު އުމްރާއަށް ދާން ރަޖިސްޓްރީވެ ފައިސާ ދައްކަން ހުޅުވާލައިފި

Jan 5, 2015

އަންނަ ރޯދަ މަހު އުމްރާއަށް ދާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވެ ފައިސާ ދައްކަން ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ހައްޖް ކޯޕަރޭޝަނުން އާންމު ކުރި ނޫސްބަޔާނެއްގައި ބުނަނީ އަންނަ ރޯދަ މަހު އުމްރާއަށް ދިއުމަށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީވެ ފައިސާ ދެއްކުމަށް މިއަދު ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ކަމަށާއި ބާހާލައިގެން ފައިސާ ދައްކާނަމަ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ރޯދަ މަހު އުމްރާއަޢށް ގެންގޮސްދޭން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 39،965 ރ. އެވެ.