ރައީސް މުހައްމަދު ނަޝީދު

ޒިންމާދާރު ކުރުވާނަން، ވާގިވެރިވެސް ވާނަން: ނަޝީދު

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ވާގިވެރިވުމުގައި ދެމި އޮންނާނެ ޕާޓީއެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އުތުރުގެ މަހާސިންތާ ވަރަަށް ކާމިޔާބު ކަމަށެވެ. އަދި އެ ދަތުރުގެ މައިގަނޑު ބޭނުމަކީ ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި، ސަރުކާރުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ތަފާތު މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.

އެމްޑީޕީ އޮންނާނީ މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި ކަމަށާ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ވާގިވެރިވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ [އެމްޑީޕީ] ފަރާތުން ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދިނުމަކީވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް. އަޅުގަނޑުމެންގެ ޕާޓީއަކީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަދި ވާގިވެރިވުމުގައި ދެމި އޮންނާނެ، މަސައްކަތް ކުރަމުންދާ ޕާޓީއެއް." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި، އެމްޑީޕީގެ އިސްވެރިން ވަނީ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ހއ އަދި ހދގެ 10 ރަށަކަށް ވަޑައިގެންފައެވެ. އަދި 1400 ވުރެ ގިނަ ގޭގެއަށް ޒިޔާރަތް އާންމުންނާއި ބައްދަލްކޮށްފައެވެ.

ބައެއް ރަށްރަށަކަށް އެމްޑީޕީގެ ވަފުދާއެކު ރައީސް ސޯލިހްވެސް ވަޑައިގެންނެވިއެވެ.

އެމްޑީޕީން އުތުރަށް ކުރި ދަތުރުގެ މައިގަނޑު ބޭނުމަކީ ހދ. ކުޅުދުއްފުށި ސިޓީގައި އެޕާޓީން ކުރިއަށް ގެންދިޔަ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ބޭއްވުމެވެ.