ހަބަރު

މާރާމާރީ ހިންގަން މަސައްކަތްކުރި 11 މީހަކު ހައްޔަރުކޮށްފި

Jan 5, 2015
1

ރޭ މާލޭގައި މާރާމާރީ ހިންގަން މަސައްކަތްކުރި 11 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރޭގައި ދެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށާއި އެމީހުން ހައްޔަރު ކުރީ ބުރުޒުމަގާއި ހިލާލީމަގު ގުޅުނު ކަންމަތީ ދެ ގްރޫޕަކުން މާރާމާރީ ހިންގަން މަސައްކަތްކުރަނިކޮށް ކަމަށެވެ.

ތޫނު ހަތިޔާރު ހިފައިގެންތިބެ 11 މީހަކު ވެގެން ހިންގަން މަސައްކަތްކުރި މި މާރާމާރީގައި އެއްވެސް ފަރާތަކަށް ބޮޑި އަނިޔާއެއް ލިބުނަނުދީ ހުއްޓުވާފައި ވަނީ އެވަގުތު އެތަނަށް ދިޔަ ދެ ފުލުހުންގެ އިތުރުން އެސަރަޙައްދަށް ދިޔަ އިތުރު ފުލުހުންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ މާރާމާރީ މާރީ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަނިކޮށް ފުލުހެއްގެ ބޯ ފަޅައިގެން ދިޔައިރު މާރާމާރީގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު އެހެން މީހަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. 

މާރާމާރީ ހިންގަން މަސައްކަތްކުރި މީހުންގެ އަތުން ތޫނު ހަތިޔާރުތަކެއް ފުލުހުން ވަނީ އަތުލާފައެވެ.