ހަބަރު

ދެ އަހަރުގެ ކުއްޖާއާ ބެހުނު ދެ މީހެއްގެ ބަންދަށް 15 ދުވަސް

Jan 17, 2020

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި އުމުރުން 62 އަހަރާއި 81 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އެ ކުއްޖާގެ ބައްޕަ ވެސް މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފްލެޓެއްގައި ފިލާ އޮއްވާ އާންމު އެ ސަރަހައްދަށް ގޮސް ހަލަބޮލި ކުރުމުންނެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންގެ އިތުރުން މަޖިލީހުން ވެެސް ވަނީ މި މައްސަލަ ބަލަން ފަށައިފަ އެވެ.