ވިޔަފާރި

މާމުޓާގައި މޫދު އަޑީގެ ވިލާއެއް ހުޅުވައިފި

Jan 20, 2020
1

ގއ. އަތޮޅުގައި ހުޅުވާފައިވާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ޕުލްމަން މާމުޓާ މޯލްޑިވްސްގައި މޫދު އަޑީގެ ވިލާއެއް ހުޅުވައިފި އެވެ.

ޕުލްމަން މާމުޓާގައި ހުޅުވި ދެ ކޮޓަރީގެ މި އަކުއާ ވިލާގެ ބޮޑު މިނުގައި 1,216 އަކަފޫޓު ހުރެ އެވެ.

މި ވިލާ ފަރުމާ ކޮށްފައި ވަނީ މި ވިލާތަކުގައި ތިބޭއިރު، ކަނޑު އަޑީގެ ރީތި މާހައުލު ފެންނަން ގޮތަށެވެ. މީގެ އިތުރުން މި ވިލާއާއެކު ފެން މަތީގައި ވިލާގެ އިތުރު ބައެއް ވެސް ހިމެނެ އެވެ. މި ބައިގައި ކެފޭ ފަދަ ގިނަ ވަސީލަތް ތަކެއް ހުރެ އެވެ.

ރާއްޖެއަކީ ފުރަތަމަ މޫދު އަޑީގެ ރެސްޓޯރެންޓު ހުޅުވި ގައުމެވެ. "އިތާ" ގެ ނަމުގައި މި ރެސްޓޯރެންޓް ހަދާފައި ވަނީ ކޮންޑްރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގަ އެވެ. އޭގެ ފަހުން މޫދު އަޑީގެ ރެސްޓޯރެންޓެއް ހުޅުވީ ޅ. ހުރަވަޅި ރިސޯޓުގަ އެވެ. މީގެ އިތުރުން ރާއްޖެއަކީ މިހާރު މޫދު އަޑީގެ ސްޕާތައް ވެސް ހުރި ގައުމެކެވެ.