ޓޫރިޒަމް

"ހާ ޓް ސީނު" ގެ ފުރަތަމަ ސީޒަން އިފުތިިތާހު ކޮށްފި

ފަތުުރުވެރިންނަށް ރާއްޖެ ޕްރޮމޯޓް ކުރަން އެމްއެމްޕީއާރްސީ އާއި "ހާ ޓް ސީނު" ގުޅިގެން "ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓް ސީނު" ގެ ނަމުގައި ޓްރެވެލް ޑޮކިއުމެންޓަރީއެއް އުފައްދަން ސީޒަން އިފުތިިތާހު ކޮށްފި އެވެ.

މި ޑޮކިއުމެންޓަަރީ އިފުތިތާހު ކުރީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ.

އެމްއެމްޕީއާރްސީން ބުނީ ފެބްރުއަރީ ހަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ގެނެސްދޭ "ހާ ޓް ސީން" އަަކީ ރާއްޖެ އައުމަށް ގަސްދު ކުރާ ފަތުުރުވެރިންނަށް ރާއްޖޭގެ ރީތި ކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީ ލޮގެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރަށްފުށުގެ ތަފާތު ދިރިއުޅުން ވެސް މި ލޮގުން ދައްކުވައިދޭނެ ކަމަށެވެ.

ފުރަތަމަ ސީޒަނުގައި ފަތުރުވެރިންނަށް ދައްކާނީ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކެވެ. ޖުމްލަ 41 އެޕިސޯޑުގެ މައްޗަށް ތައްޔާރުކުރާ މި ސީޒަނުގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ހިމެނެ އެވެ.

އެމްއެރމްޕީއާރްސީން ބުނީ ޑެސްޓިނޭޝަން މާކެޓިންގެ ސިޔާސަތުގެ އަމާޒަކަށް ތަޖުރިބާ ކުރުމާއެކު ފަތުރުވެރިކަން ޕްރޮމޯޓު ކުރުން މިއަހަރު ހިމެނޭ ކަމަށާއި ރަށްތައް މެދުވެރިކޮށް ހާއްސަ ސެގްމެންޓެއްގެ ގޮތުގައި ދިވެހި ސަގާފަތް ޕްރޮމޯޓް ކުރުން ވެސް ހިމެނޭ ކަމަށެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރްސީން ހިންގާ ހަރަކާތްތަކުގައި ކުރީން ރާއްޖެގެ މިޑިއާ އާއި ދިވެހި ނޫސްވެރިން ވަރަށް ބޮޑަށް ބައިވެރި ކުރި އެވެ. ނަމަވެސް މިހާރު އެ ފުރުސަތު ދިވެހި ނޫސްވެރިންނަކަށް ނުދެ އެވެ.