ޓޭބަލް ޓެނިސްގެ ގައުމީ ފައިނަލުގައި މިފަހަރު ވެސް ފާތުމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒީމް ވާދަ ކުރަން ޖެހިއްޖެ އެވެ.
ގައުމީ ޗެމްޕިއަންކަން މިދިޔަ އަހަރު ދީމާ ހޯދީ ފައިނަލުގައި ރަފާ ބަލި ކުރުމަށް ފަހު އެވެ. ދީމާ މެޗު ކާމިޔާބު ކުރީ 4-1 ގޭމުންންނެވެ. މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ދީމާ ހޯދުމުން އޭނާ ވެފައި ވަނީ ބައިގަރުނަށްވުރެ ގިނަ ދުވަސްވީ ގައުމީ މުބާރާތުގައި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މުބާރާތް ކާމިޔާބު ކުރިއިރު އޭނާގެ އުމުރަކީ 11 އަހަރެވެ.
ރަފާ އާއި ދީމާ އަކީ ރާއްޖޭގެ ކުޅިވަރުގައި މިދިޔަ އަހަރު އެންމެ ކާމިޔާބު ދެ އެތުލީޓުންނެވެ. އިންޓަނޭޝަނަލް މުބާރާތްތަކުގެ ޑަބަލްސް އިވެންޓްގައި ރާއްޖޭގެ އެންމެ ކީ ޑަބަލްސް ޕެއާއަކީ ދީމާ އާއި ރަފާ އެވެ.
ސިްގަލްސް ކެޓަގަރީގެ ފައިނަލު މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގަ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން ސިންގަލްސްގައި ވާދަ ކުރާނީ މިިދޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން މޫސާ މުންސިފް އަހްމަދާ މިދިޔަ އަހަރުގެ ވެސް ރަނަރަފް ޝައްފާން އިސްމާއީލް އެވެ.