ހަބަރު

ފަންނުވެރިން ބިނާކުރާ ކޯހެއް އުކުޅަހުގައި ފަށައިފި

ފަންނުވެރިން ބިނާ ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ކޯސް އއ. އުކުޅަހުގައި މިއަދު ފަށައިފި އެވެ.

ފަންނުވެރިން ބިނާ ކުރާ މި ކޯހަކީ އިކޮނޮމިކް މިނިސްޓްރީ އާއި ޕޮލީޓެކްނިކާ ގުޅިގެން ހިންގާ ކޯހެކެވެ. މިނިސްޓްރީން ބުނީ މި ކޯހުން މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކޮށް ދޭނެ ކަމަށެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި 39 މީހަކު ބައިވެރިވެފައި ވެއެވެ.