ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވައިރަސްއަށް ޖެހުނު މީހަކު ރާއްޖޭގައި ކަރަންޓީން ކޮށްފައިވާާ ކަމަށް އަޑު ފެތުރިއްޖެ

Jan 26, 2020
13
ރާއްޖެ އައި ފަތުރުވެރިންތަކެއް: ފަތުރުވެރިއެއް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފައި -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ދުނިޔޭގައި މިހާރު ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ކަމަށް ޝައްކު ކުރެވިގެން ރާއްޖެ އައި ފަތުރުވެރިއަކު ކަރަންޓީން ކޮށްފައިވާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިއްޖެ އެވެ.

ފެތުރިފައިވާ ތަފާތު އަޑުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައި ވަނީ ރާއްޖެ އައި ޗައިނާ ފަތުރުވެރިއެކެވެ. ކޮރޯނާއަށް ޝައްކު ކުރެވުނު ހިސާބުން އެ މީހާ އެއާޕޯޓުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހައްދައި، މިހާރު އެ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް ވަނީ އަޑުތައް ފެތުރިފައި ވެއެވެ.

މި އަޑުތައް ވަރަށް ބޮޑަށް ފެތުރި، އެފަދަ ކަމެއް އުޅޭނަމަ ސިއްރު ނުކުރުމަށް އާންމު އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުން ދިޔަ ނަމަވެސް ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އެކަން ދޮގު ކުރެ އެވެ.

އެ އެޖަންސީން ބުނާ ގޮތުގައި އެ ވައިރަސް ރާއްޖެއިން ފެނިފައެއް ނުވެ އެވެ. ނަމަވެސް އެއާޕޯޓުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެފަދަ އެއްވެސް މީހަކު ކަރަންޓީން ކޮށްފައި ނުވާނެ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު ނުރައްކާތެރި އާ ވައިރަސް އިން ރައްކާތެރިވުމަށް ގައުމުތަކުން ފިޔަވަޅު އަޅަމުންދާއިރު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޗައިނާ ފަތުރުވެރިންނެވެ.

13 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910