ލަކްސް ކުންފުނިން އަރިއަތޮޅުގައި ހިންގަމުންދާ ލަކްސް ސައުތު އަރިއެޓޯލް އިން 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ އެ ރިސޯޓްގައި އައުޓް ބްރޭކެއް އޮތްއިރު މި މަހުގެ 19 ވަނަ ދުވަހު ނުވަ މީހަކު އަދި 20 ވަަނަ ދުވަހު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓުންނާއި އަލާމަތްތައް ހުރި މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުން އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެ ރިސޯޓުން ވަނީ 36 މީހަކު ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ކޮކުން މޯލްޑިވްސް އިން 45 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެ ރިސޯޓުން މިއަދު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.