ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ބަލީގެ ހާލަތު ގޯސްވާތީ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރަނީ

ގެސްޓް ހައުސްތަކެއް: ގެސްޓްހައުސް އިންސްޕެކްޝަނެއް ފެށުމަށް ވަނީ ނިންމާފައި -- އަވަސް ފޮޓޯ
0%
0%
0%

މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓު ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަދި ގައިޑްލައިންތަކަށް އަމަލު ކުރަމުންދާ މިންވަރު ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިރޭ ބުނީ މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ގެސްޓްހައުސްތަކުގެ މުވައްޒިފުންނާއި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތޔެރިކަމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓު ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަދި ގައިޑްލައިންތަކަށް އަމަލު ކުރަމުންދާ މިންވަރު ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އިންސްޕެކްޝަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިންސްޕެކްޝަންގެ ތެރެއިން ރެންޑަމް އުސޫލުން ކޮންމެ ދުވަހަކުވެސް ގެސްޓް ހައުސް އަދި ސިޓީ ހޮޓާތައް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށެވެ. މި އިންސްޕެކްޝަންތައް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. ރަށްރަށުގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލް އަދި ޓާސްކްފޯސްތައް ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910