ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އަނަންތަރާއިން 31، ރެސިޑެންސްއިން 15 ކޭސް

އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު އަދި ރެސިޑެންސް މޯލްޑިވްސް 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބުނީ އަނަންތަރާ ކިހާވަށް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ އަލާމަތް ހުރެގެން ގިނަ ބަޔަކު ޓެސްޓް ކުރުމުން ކަމަށެވެ. ފުރަތަމަ ނެގި ސާމްޕަލްތަކުން 14 ސާމްޕަލް ޕޮޒިޓިވްވިއެވެ. އަދި އެ ފަހުން ނެގި ސާމްޕަލްތަކުން 13 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ރެސިޑެންސް މޯލްޑިވްސް 15 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރިސޯޓްތަކުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާއިރު ކޮވިޑް ބަލީގެ އެންމެ ގިނަ ބަޔަކު ތިބީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި 83 މީހަކަށް ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން އޮޅުވެލި ރިސޯޓްގައި 78 މީހަކަށް ބަލިޖެހިފައިވެއެވެ. އަދި އިރުވެލި ރިސޯޓްގައި ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.