ބ. އަނަންތަރާ ކިހަވަށް ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 86 އަށް އަރައިފި އެވެ. އެ ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒިފުން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރިސޯޓް މިހާރު ވަނީ ބަންދުވެސް ކޮށްފައެވެ.
ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ ކޮވިޑް ބަލީގެ އަލާމަތް ހުރެގެން ގިނަ ބަޔަކު ޓެސްޓް ކުރުމުންނެވެ. ފުރަތަމަ ނެގި ސާމްޕަލްތަކުން 14 ސާމްޕަލެއް ޕޮޒިޓިވްވި އެވެ. އެ ފަހުން މިހާތަނަށް 86 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އެންމެ ފަހުން ބަޔަކު ޕޮޒިޓިވްވީ އިއްޔެއާ މިއަދު އެވެ. އިއްޔެ ހަތަރު މީހަކު އަދި މިއަދު ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ. ފުރާ ޓުއަރިސްޓުން ނޫނީ އެ ރިސޯޓުން އިތުރު އެއްވެސް މީހަކު ނުފޭބުމަށް އެޗްޕީއޭ އިން ވަނީ އެ ރިސޯޓަށް އަންގާފަ އެވެ.
ރިސޯޓްތަކުގައި ޕޮޒިޓިވް ކޭސްތަކެއް
- ސަން ޝިޔާމްގެ އިރުވެލިން 12 މީހަކު ޕޮޒިޓިވް
- ކޮންސްޓެންސް މޫފުށިން 8 މީހަކު ޕޮޒިޓިވް
- ރެސިޑެންސް މޯލްޑިވްސްއިން 20 މީހަކު ޕޮޒިޓިވް
- ސަންގެލި ރިސޯޓުން 102 މީހަކު ޕޮޒިޓިވް