އަހުމަދު މަހްލޫފު

ގަމީހުގެ އަގަކީ 800 ޑޮލަރެއް ނޫން!

Jan 29, 2020
4
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އުރީދޫގެ ވެރިޔަކާއެކު: އަޑުތައް ފެތުރުނު ގަމީހެއް ތުރު ކުރެއްވެވި
0%
0%
0%

އުރީދޫ މޯލްޑިވްސްގެ ހަފްލާއެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ ވާހަކަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ދެކެވެމުންނެވެ.

"ޑޮލްޗޭ އެންޑް ގަބާނާ" ގެ އެ ގަމީހަކީ ވަރަށް އަގު ބޮޑު ގަމީހެއް ކަމަށް ބުނެ ވާހަކަތައް ދެކެވެ އެވެ. އޭގެ ގަމީހެއްގެ އަގަކީ 800 ޑޮލަރު ކަމަށް ވެއެވެ. އަދި ބައެއް އޮންލައިން ސްޓޯރު ތަކުގައި ވެެސް އެ އަގަށް އޭގެ ގަމީސް ލިބެން ހުރި ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ފެޝަނަށް ލޯބި ކުރައްވާ މިނިސްޓަރު މަހުލޫފް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އުރީދޫގެ "މަރުހަބާ 2020" އިވެންޓްގައި އޭނާ ބޭނުން ކުރެއްވި ގަމީހަކީ 800 ޑޮލަރަށް ބައްލަވައިގަތް ގަމީހެއް ނޫނެވެ. އަދި ދުބާއީއަށް ގޮސް އެ ގަމީސް ގަންނަން އެ އަދަދު ހަރަދެއް ނުވާނެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: އޭނާ ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ އަގާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވޭ

"ދުބާއީ ދެކޮޅު ޓިކެޓް ނަގައިގެން ގޮސް ނިއު އިޔާ ސޭލުން ތި ގަމީސް ގަނެގެން އަޔަސް 800 ޑޮލަރު ނާރާނެ އިނގޭތޯ!" މަހުލޫފް ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910