ހަބަރު

ކުޑަކުދިންގެ ހައްގުތަކުގެ ރައްކާތެރިކަމަށް އެމްއޯޔޫއެއް ހަދައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭން މާލެ އާއި އަތޮޅުތަކުގައި އާކްއިން ކުރާ މަސައްކަތްތަކުގައި ދީނީ އަދި ފަންނީ އެހީތެރިކަން ހޯދަން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި އާކް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިވާސިޓީން އައިޔޫއެމްގައި ސޮއިކުރެއްވީ ވައިސް ޗަންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އާކް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑް މެންބަރު މުރުތަލާ މޫސާ އެވެ.

ޒަކަރައްޔާ ވިދާޅުވީ ކުޑަކުދިންނަކީ ގައުމުގެ މުސްތަގްބަލް ކަމަށާއި އެކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ފެތުރިފައިވާ އިޖުތިމާއީ އެންމެ ބޮޑު ބަލި މަޑުކަމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ކަމަށެވެ. އެކަން އިތުރަށް ފެތުރުނަ ނުދިނުމަށް ދީނީ ގޮތުންނާއި ފަރުދީ ގޮތުންވެސް މުހިންމު ކަންކަން ކުރަން ޖެހޭ ކަމަށެވެ.