ހަބަރު

ރައްކާ ކެމްޕެއިންގެ ފަސް ވަނަ އެޑިޝަންގައި ސޮއި ކޮށްފި

މޯލްޑިވްސް ޕޮލިސް ސާވިސް އާޢި އެލައިޑް އިންޝުއަރެންސް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ "ރައްކާ" ކެމްޕޭންގެ ފަސްވަނަ އެޑިޝަންގައި މިއަދު ސޮއި ކޮށްފި އެވެ.

ރައްކާ ކެމްޕެއިންގެ ފަސް ވަނަ އެޑިޝަންގައި މިއަދު ސޮއި ކޮށްފައިވަނީ އެލައިޑް އިންޝުަރެންސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ފުލުހުންގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

ސޮއި ކުރުމަށްފަހު ނޫސްވެރިިންނާއި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ؛ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިއަހަރުގެ ކެމްޕެއިން ހިންގާނީ މުޅި އަހަރަށް ބަހާލައިގެން ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ސްޓްރެޖިކް ޕްލޭންގައި އިސްކަންދީފައިވާ ހަ ދާއިރާގެ ތެރެއިން އެއް ދާއިރާ ކަމަށެވެ.

މުހައްމަދު ހަމީދު ވިދާޅުވީ މިއަހަރުގެ ކެމްޕެއިން ކުރިއަށް ގެންދާނީ އާބާދީ ބޮޑެތި ރަށްރަށުގައި ކަމަށެވެ.

މީގެ އިތުރުންވެސް އެލކައިޑުގެ 35 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޓްރެފިކް ފުލުހުންނާއ އެލައިޑުން ވަނީ ހާއްސަ ޕްރޮގްރާމެއްވެސް ފަށާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން އުޅަނދުގެ އަހަރީ ފީއާއި އިންސުއަރެންސާއި ރޯޑްވާދިނަސް ފުރިހަމަވެފައިވޭތޯ ބަލައި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ. މިއަދުންފެށިގެން ތިން ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން، އެއްގަމު އުޅަނދުގައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް އެލައިޑް އިންސުއަރެންސްގެ ފަރާތުން ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.