ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

އެކަހެރިކުރި ތިން މީހުންގެ ހާލުވެސް ރަނގަޅު

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ފުނަދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގައި އެކަހެރިކޮށްފައިވާ ތިން މީިހުންގެ ހާލުވެސް ރަނގަޅު ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަމީން މިހެން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންނަށް އެންމެ ފަހުގެ މައުލޫމާތު ހާމަކޮށްދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްއަަށްގެ އަސަރުކޮށްފައިވާ ކަމަށް ޝައްކު ކުރެވުނު ޒުވާނާގެ ހާލަތު މިވަގުުތު ރަނގަޅު ކަމަަށެވެ. އަދި އޭނާގެ ސާމްޕަލްތައް މިހާރު ދިއްލީއަށް ފޮނުވާފައިވާއިރު މިރޭގެ ވަގުތެއްގައި ޕޫނޭ އަށް ގެންދެވޭނެ ކަމަށާ ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށެވެ.

“ސަސްޕެކްޓް ކުރެވުނު މީހާގެ ހާލަތު ރަނގަޅު. އެންމެ ފުރަތަމަ ސަސްޕެކްޓް ކުރެވިގެން ގެންދިޔައިރު ފާހަގަވި އަލާމަތްތައް މިވަގުތަކު ފެންނާކަށް ނެތް. އެންމެ ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ހާލަތު ރަނގަޅު.”

މިނިސްޓަރު ވިދާޅުވީ 20 އަހަރުގެ ޒުވާނާގެ ފަހުންވެެސް އިތުރު ދެ މީހަކު އެކަހެރި ކޮށްފައިވާއިރު އެ މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. އަދި އައިސޮލޭޓް ކުރެވުނުއިރު ފެންނަން ހުރި އަލާމަތްތައްވެސް މިހާރު ފެންނަން ނެތް ކަމަަށެވެ.

އައިސޮލޭޓް ކުރެވުނު ތިން މީހުންނަކީވެސް ޗައިނާއިން އައި ދިވެހިންނެވެ. ފަހުން އައިސޮލޭޓް ކުރި ދެ މީހުން ފުނަދޫއަށް ގެންދިޔައީ ވައިރަހުގެ އަސަރު ނުކުރާކަން ޔަގީން ކުރުމަށްޓަކައެެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވި ނުރައްކާތެެރި މި ވަައިރަސްއާ ގުޅިގެން ފެތުރެމުންދާ ބަލީގެ މައުލޫމާތު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑުތި މަަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ބައްދަލްވުންތަކެއް ރަށްތަކުގައި ބާއްވާ އެ ބައްދަލްވުންތަކުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަމާޒަކީ ތިން ދުވަސްތެރޭ ހުރިހާ ރަށެއްގަައި އެފަދަ ބައްދަލްވުންތައް ބޭއްވުން ކަމަށް ވިދާޅުވިއެވެ.

އަދި ބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމްތަކާއި އައިސޮލޭޓް ކުރެވޭ ތަންތަނުގެ ޖާގަ އިތުރު ކުރުމުގެ މަސައްްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފަރުކޮޅު ފުށީގައި ގާއިމްކޮށްފައިވާ ސެންޓަރުގެ ޖާގަ އިތުރު ކުރުމުގެ މަސަައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.