ހަބަރު

މުއާއާ އިންނަން އައްޒަ ރަން ކިޔައިފި

Feb 2, 2020
6

ފިލްމީ ތަރިން ކަމަށްވާ މުއާ އާއި އައްޒަ ކައިވެނި ކުރުމަށް ތައްޔާރުވެއްޖެ އެވެ. މިއަދު ވިލިމާލޭގައި އައްޒަ ވަނީ މުއާއާ އިންނަން ރަން ކިޔާފަ އެވެ.

ހުދު ލިބާހެއްގައި ހުރެ އައްޒަ ރަން ކިޔާފައިވާއިރު ރަނުގެ އަދަދަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ. ރަން ކިޔުމުގެ ހަފުލާ އޮތީ ވަރަށް ސަގާފީ ތީމަކަށެވެ.

މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިފަހުން މި ދެ ތަރިން އެކުގައި ވަނީ ފިލްމެއްގައިވެސް މަސައްކަތްކޮށްފަ އެވެ. އެއީ މުއާ ތައްޔާރުކުރާ ފިލްމެއް ކަމަށްވާ "ލީނާ" ގަ އެވެ. މި ދެ ތަރިންގެ މެދުގައި މިހާ ގާތް ގުޅުމެއް އޮންނަ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެން ފެށީވެސް މި ފިލްމުގެ ޝޫޓިން ނިމުނު ހިސާބުން ފެށިގެންނެވެ.

އޭގެއިތުރުން ނަހުލާގެ "ހުވާ" ސީޒަން ދެއެއްގައި ވެސް މި ދެ ތަރިން އެކުގައި ފެނިގެންދެއެވެ.

މުއާ އާއި އައްޒަވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އެ ދެމީހުން ކުރިން ކައިވެނި ކުރި މީހުނަށް ކޮންމެ މީހެއްގެވެސް ކުއްޖެއް އެބަހުއްޓެވެ.