ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް: ތައިލެންޑުން ބޭނުންކުރި ބޭސް ކާމިޔާބުކަމަށް ބުނެފި

Feb 3, 2020

ބެންގްކޮކް (ފެބްރުއަރީ 3) - ޗައިނާއިން ފެތުރެން ފެށި އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކަށް އާންމުކޮށް އެއިޑްސް ބައްޔަށްދޭ ދެ ބޭހެއް އެއްކޮށްފައި ދިނުމުން އެ މީހާ މިހާރު ރަނގަޅުވެފައިވާ ކަމަށް ތައިލެންޑުން ބުނެފި އެވެ.

އާންމުކޮށް އެޗްއައިވީ އަދި އިންފްލުއެންޒާ ޖެހިފައިވާ މީހުންނަށް ދޭ ދެ ބޭހެއް މިކްސް ކޮށްގެން، ވަރަށް ސީރިއަސް ހާލަތުގައި އޮތް ކޮރޯނާ ވައިރަސް ޕޭޝަންޓަކަށް ދިނުމުން، 48 ގަޑިއިރު ތެރޭގައި އެ މިހާ އެއްކޮށް ރަނގަޅު ވެފައިވާ ކަމަށް ތައިލެންޑުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ތައިލަންޑުގައި ކޮރޯނާ ވައިރަސް ޖެހިފައިތިބި 19 މީހުން ފެނިފައިވީ ނަމަވެސް، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 11 މީހަކަށެވެ. ބާކީ ތިބި އެންމެން މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އެ ވައިރަސް ފެތުރެން ފެށި ފަހުން ޗައިނާގައި އެކަނި މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 360 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، އޭގެ ތެރެއިން 470 އަށް ވުރެ ގިނަ މީހުން ރަނގަޅުވެގެން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

ހަމަ ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް 2002 ވަނަ އަހަރު ފެތުރުނު ސާސް ރޯގާއަށް ވުރެ މިފަހަރުގެ ކޮރޯނާ ވައިރަސް ފެތުރޭ ދުވެލި އިތުރު ނަމަވެސް، އެ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ދަށެވެ.

މި އާ ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑީ، ނޭވާލާ ނިޒާމާއި ކިޑްނީ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންގެ އިތުރުން މުސްކުޅިންނާއި ކުޑަކުދިންނަށްކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.