ހަބަރު

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ ބިދޭސީން ހައްޔަރުކޮށްފި

Feb 4, 2020
1

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތަކުގެ މަތިން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު 50 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް މިދިޔަ ހޮނިހިރު ދުވަހު ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖިންސީ ގޯނާއާ ގުޅޭ މިފަދަ މައްސަލަތައް ހިނގާ ސީދާ ރަށެއް ފުލުހުން އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ އަޕާ ނޯތު ޕޮލިސް ޑީވިޝަންއަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ ޑިވިޝަނެވެ.