ރޭޕް

ސާފާރީ ރޭޕް ކޭސް: މަޖިލީހުގެ ކޮމިޓީގައި މައްސަލަ އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރުން ބައްދަލުވުމެއްގައި -- ފޮޓޯ: މަޖިލީހުގެ އިދާރާ
75%
0%
25%

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލައި ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖްގައިވާ ގޮތުން، ސާފާރީގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލު ކޮށްފައި ވަނީ މާދަމާ މެންދުުރު ފަހު 2:00 ޖަހާއިރަށެވެ.

އެ ކޮމިޓީގައި އިންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ނަމަވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތުގައި އިންނަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހަކު ވަނީ ތަހުގީގުގެ ކުރީކޮޅު ކުއްލި ގޮތަކަށް މިނިވަން ކޮށްފަ އެވެ. އެ މީހުންގެ އެއްވެސް މައުމޫލާމެއް ވެސް ހާމައެއް ނުކުރެ އެވެ. ހައްޔަރުން ދޫކޮށްލައިގެން އުޅެނީ ސަރުކާރުގައި ބާރުގަދަ ފަރާތްތަކާ ގުޅުން ހުރި ބައެއް ކަމަށް އެ ހިސާބުން އަޑުފެތުރިގެން ދިޔަ އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދެ އެވެ.

ފުލުހުން މީޑިއާއަށް ހާއްސް ކޮށްފައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މި ސުވާލުތައް މިދިއަ ތިން ދުވަހު ވަނީ ނޫސްވެރިން ކޮށްފަ އެވެ. ރާއްޖޭގެ ވަރަށް ސީނިއާ ނޫސްވެރިން ވެސް އެ ސުވާލުތައް ކުރި އެވެ. ނަމަވެސް ފުލުހުން ދިން ޖަވާބަކަށްވީ "ތަހުގީގު ކުރިއަށް ދާތީ، މިވަގުތު ދެވެން ހުރި މައުލޫމާތު ދެވިއްޖެ" އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހީހީހީ

ނަންވާނީ ހައިވަކަރުއޮޑިއެވެ. މިކަމާއިގުޅިގެން ވަރަށް ޙައިރާންވާފަދަ ގިނަކަންކަން އެބަހިނގައެވެ. މިފަދަކަންކަމާއިބެހޭ ޤާނޫނުގެ މާއްދާތަކަކުން ބައެއްއުނިކުރަން ހުށަހަޅާފައިވާވާހަކަވެސް އެބަފެނެއެވެ. މިހުރިހާކަމެއް ޖަމާކޮށްލުމުން ދޭހަވަނީ މިކަމުގައި ބެދުނަސް ބެދެނީ މަޖިލީހުގެ ކޮންމެވެސްބަޔަކާގުޅޭ، ފަރާތެއްކަމެވެ. މިފަދަ ކަންތައް މީގެކުރިގައިވެސް ހިނގާފައިއެބަހުއްޓެވެ. އެކަމަކު މަޖިލީސް މިވަރަށް ޙަރަކާތްތެރިވެ، ޤާނޫނަށް ބަދަލުގެންނަންއުޅޭތަނެއް ނުފެނެއެވެ. ޙައިރާންވާވަރުގެ ކަމެކެވެ.

ނާޅި

މި ކޮމޮޓީ މެމްބަރުން ނަމާދު ވަގުތު ވަނީމާ ނަމާދުކުރަންވެސް މިހާ ފޯރިޔާއި ޖޯޝް ހުންނަ ނަމަ ހާދަހާ ރަގަޅުވީސްތާ ؟؟

މުގާބޭ

ބޭނުން އެއްޗެއް ހަދަނީ ހަމަ، މޮޅު މީހާ އަށް މޮޅުގޮއި ގަދަ އިނގޭ

ހަސަނު990

އާންމު މީހަކާމެދު ސައްކުވެސް ވާނަމަ އެމީހެއް ތަހުގީގު ނިމެންދެން ގޮޅީގަ އެކަމު މަޖިލިސް މެންބަރުންގެ ގާތްމީހުން ފިނިކޮޓަރީގައި

އަންނި

ޖަނަވާރު މަޖިލީހުގެ ޖަނަވާރުތައް ފެނުނީމަ އަމަށަކު ރުޅިއެއް ނޫން އަންނަނީ.....މަހިތަށް އަރާ ތިތާ ރޯވާނެ ނަމައޭ!!

ޙަލީމު

ފުލުހުން ހިނގަންޖެހޭ ޖިނާއީ ތަހުގީގެއް މަޖުލީހަކަށް އޭގެތެރެއަކަށް ނުވަދެވެނެ! ހައްޔަރުކުރަންޖެހޭ މީހުން ދުކޮއްލައިގެން ތަހުގީގެއް ނުކުރެވޭނެ! ކުއްވެރިން ދޫކޮއްލަން އެންގި ކޮމިޝަނަރު އިސްތިއުފާދީ!!

ދޮންހުސޭނު

ކޮބާ މަޖްލީހުގެ ރައީސް އެކުއްޖާގެ ކިބައިން މާފަށް ނޭދޭތަ، ދޮންކުއްޖަކަށް ނުވީމަތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345