ސަފާރީ ރޭޕް

ރޭޕް ތުހުމަތުވާ މީހާ ދޫވީ މެންބަރުގެ ނުފޫޒުން ކަމަށް ނުދެކެން އެދެން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލީސް
50%
0%
50%

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ދޫކޮށްލުމުގައި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރަކު ނުފޫޒު ފޯރުވާފައިވާ ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި މައްސަލައިގެ ތަހުގީގަށާއި ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލުމުގައި ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ދެކެވޭތީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ.

މި ކުއްލި މައްސަލައިގެ ބަހުސްގައި މެންބަރަކު ވާހަކަ ދެއްކުވުމަށް ފަހު، އެހެން މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖިންސީ ގޯނާގެ މި މައްސަލައިގެ ތެރޭގައި ސިޔާސީ އެތައް ބާވަތެއްގެ މައްްސަލައެއް އުޅޭ ކަމަށް ފާހަގަވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވިގެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައި ވަނީ، އެ ދެ މީހުންގެ ތެރެއިން އެކަކީ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލަކަށް ވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ވާހަކަތައް ދައްކަވަމުން ވާދަވެރި ޕާޓީތަކުގެ މެންބަރުން ކަމަށެވެ.

"އެއް ނަޒަރަކުން ދެކޭ ދެކުމުގައި މެންބަރެއްގެ ފިރިކަލެއް ކަމުން އެ ތުހުމަތު ކުރެވުނު މީހާ ދޫކޮށްލެވުނީ. އެ ދޫކޮށްލެވުން ހިނގައި ދިޔައި އެ ސަބަބަށް ޓަކައި ކަމަށް މި ހާމަ ކުރަނީ މި ދެންނެވި މެންބަރުގެ ޕާޓީއާ ވާދަވެރި ޕާޓީތަކުގެ މެންބަރުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލާގައި ހިމެނެނީ "ނުފޫޒު" ގަދަ ބައެއް ކަމަށް ބުނެ އެ މައްސަލަ ނުބަލަން ފުލުހުންގެ އިސްވެރިން އަންގާފައިވާ ކަމަށް ވާހަކަތައް ދަނީ ފަތުރަމުންނެވެ. އަނިޔާ ލިބުނު އަންހެން މީހާއާ ހަވާލާދީ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ތަފާތު ހަބަރުތައް ފެތުރަމުންނެވެ. ނަމަވެސް ފުލުހުން މި ވާހަކަތައް ދޮގު ކުރެ އެވެ.

ފުލުހުންގެ ބަޔާނަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ އެއިރަށް އޮތް ކުރަން އޮތް މިންވަރަށް ތަހުގީގު ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނާ ކަމަށެވެ. އެއީ މަޖިލީހުގެ މެންބަރެއްގެ ފިރިކަލަކަށްވާތީ މެންބަރު ނުފޫޒު ފޯރުވައިގެން ކަމަށް ފުލުހުން ނުބުނާ ކަން ފާހަގަކުރެއްވި އެވެ.

"އެއީ މި މަޖިލީހުގެ މެންބަރެއްގެ ބާރާއި ނުފޫޒުން ކަމަށް [ތުހުމަތު ކުރެވޭ މީހާ] ހައްޔަރުގައި ނެތުން ކަމަށް، އެއްވެސް ގޮތަކަށް އެއްވެސް ރައްޔިތަކު ދެކެވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މައްސަލާގައި މަޖިލީހުގެ މެންބަރަކު ނުފޫޒު ފޯރުވީ ކަމަށް ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވުމަށްފަހު، ރައީސް ނަޝީދު ދެން ވިދާޅުވީ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެފަދަ ކަންކަމަކީ މަޖިލީހުގެ ރިޔާސަތުން ބަލައިގަންނަނެ އަމަލުތަކެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މޭފެއަރ

ކަހީނު ކަލޭގެ ގޮތް ނިންމައިފި.. އަދި ވާހަކަ ދެއްކުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުގެ ރައީސް ގޮންޖައްސަވައިފި..!

ސޮކުޖެހުނީތަ

މިކަމަށް މަޖިލިސްގެ ރައީސްގެ އަނގަކޮޅު ގަންބަވަން ޖެހިވަޑައެއް އަދިއެއް ނުގަނޭ. ތިހެން ވިދާޅުވީމާ ޤަބޫލުކުރާނީ ހަނދު އިރުފަދައިން ފެންނަ ޕާޓީގެ ކުދިންކޮޅަށް.

ބިސް

އަނގަ ނުތަޅާނަމަ އަތަކަށް ނުގޮވީސް...މިހާ ރު ތިގޮއްވާލީ އަތަށް

ޜައީ

ދެން ކަލޭ އަ** ނުފޫޒުންތަ؟

ލލ

މަނިކުފާނު ތިހާވަރަށް ގޯސްކަން ކަން ހުއްޓުވަން ތިހުންނަ ޝަޢުޤުވެރިކަން ހެއުކަންތަށް ކުރުމަށް ތިހާ ފޯރިޔާއި ޝަޢުޤުވެރިކަން ހުންނަ ނަމަ ހާދަ ރަގަޅުވީސްތާ ﷲ އެއްކައުވަންތަ ކުރުމާއި އެކު ނަމާދު ކުރުން ޒަކާތް ދިނުން ރޯދަ ހިފުން ހައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުންފަދަ ހެއުކަންތަށް ކުރުމަށް ހަމަތިހާ ޝައުޤުވެރިކަމާއި ފޯރިޔާއި ޖޯޝުހުރޭތޯ ؟

ޒުހުރީ

ހަމަ ނަޝީދުގެ ނުފޫޒުން

ފާތުމަ

ތި އޮތީ އަތައް ގޮވާފަ އަދި ވެސް ދޮގެއް އޮތީޔާ ހަދާ. މުގައްރިރު ޖީހާން އާއި އީވާ އެއީ އެއްގެ ރޯޔަލް ކުދިން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345