ކަގި މޯލްޑިވްސް އައިލެންޑް ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ޖުލައި މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓްރެވަލްޑެއިލީ މީޑިޔާގައިވާ ގޮތުން ރިސޯޓު ހުޅުވާއިރު މިތަނުގައި 50 ބުޓީކް ވިލާ ހުންނާނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ހުޅުވާ ކަގި މޯލްޑިވްސްގައި 1500 އަކަ މީޓަރުގެ ސްޕާ ވެލްނަސް ހަބެއް ހުރެ އެވެ. މީގެ އިތުރުން މިތަނުގައި އޯޕަން އެއާ ފްލޯޓިން ޔޯގާ ޕްލެޓް ފޯމެއް ވެސް ހުންނާނެ އެވެ.
ކަގި ތަރައްގީ ކުރަނީ ތިން ގިންތީގެ ތިން ގިންތިއެއްގެ ކޮޓަރި ހުންނާނެ ގޮތަށެވެ. މީގެތެރޭގައި ހިމެނެނީ ބީޗް ލެގޫނާ ވިލާ އާއި ލެގޫނާ ޕޫލް ވިލާ އަދި އޯޝަން ޕޫލް ވިލާ ހިމެނެ އެވެ. މީގެ އިތުރުން މިތަނުގައި އިންޑޯ އަދި އައުޓްޑޯ ބާތް ރޫމް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގައި 20 ރިސޯޓެއް ހުޅުވި އެވެ.