ހަބަރު

ޑްރޯންއިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ޓޫރިޒަމަށް

Feb 6, 2020

ރާއްޖޭގައި ޑްރޯން ދުއްވުން ކޮންޓްރޯލްކޮށް، ރައްކާތެރި ގޮތުގައި ޑްރޯން ބޭނުން ކުރާނެ އުސޫލުތަކެއް ކަނޑައަޅަން ޓޫރިޒަމް ސިނާއަތުން މަޝްވަރާ ކޮށްފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ލެޓްސްގޯ މޯލްޑިވްސް އާއި ސުޕަ ޔޮޓް ސަޕޯޓް މޯލްޑިވްސް ގުޅިގެން ޗަމްޕާ ސެންޓްރަލްގައި އިއްޔެ ބޭއްވި މި ސެމިނާގައި މައުލޫމާތު ދީފައިވަނީ އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ޑްރޯން ކޮންޓްރޯލް އެކްސްޕާޓެކެވެ.

"ކައުންޓާ ޑްރޯން ސޮލިއުޝަން ކޮންފަރެންސް" ގައި ޑްރޯންތަކުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ނުރައްކާތެރި ހާދިސާތައް ހިންގަމުންދާތީ އެފަދަ ހާދިސާއެއް ހިންގުމުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ސިނާއަތު އެކަމަށް ތައްޔާރު ކުރުމަށެވެ.

ޑްރޯންގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިހާރު ވެސް ބައެއް މައްސަލަތައް ދިމާވެ އެވެ. އެގޮތުން ޓޫރިސްޓުންގެ ޕްރައިވެސީ އަށް ބައެއް މައްސަލަތައް މީގެ ކުރިން ކުރިމަތިވެފައިވެ އެވެ. މިގޮތުން ބޭރުގެ ބައެއް ފޮޓޯ ގްރަފަރުން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ބައެއް މަޝްހޫރު މީހުންގެ ފޮޓޯ ނަގާފައި އެބަހުއްޓެވެ.

ރާއްޖޭގައި ފުރަތަމަ ބޭއްވި ކޮންފަރެންސްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ފުލުހުން ވެސް ބައިވެރިވެފައިވެ އެވެ.