އެމްއެންޑީއެފް

ގޮވާތަކެއްޗާއެކު ސިފައިން ތަމްރީނެއް ކުރިއަށް ގެންދަނީ

ގޮވާތަކެއްޗާއެކު ސިފައިން ތަމްރީނެއް ކުރިއަށް ގެންދާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެމްއެންޑީއެެފް އިން މިރޭ ބުނީ "ބޮމްބް އެންޑް އިމްޕޮރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓެރޭނިން އެޑްވާސް ކޯސް" ގެ ފައިނަލް އެކްސަސައިޒް ފެބްރުއަރީ ނުވަޔަކުން 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފައިނަލް އެކްސަސައިޒްތައް ކުރިއަށްދާނީ މާލެ، ހުޅުލެ އަދި ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެންއެންޑީއެފް އިން ބުނީ މި ތަމްރީންތަކުގައި ސިމިއުލޭޝަންގެ ގޮތުގައި ގޮވާތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާތީ އެކަން އާންމުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.