ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން --
0%
0%
0%

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފި އެވެ.

މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށް ދެއްވުމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

މިނިސްޓަރު ޝާހިދުގެ އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތި ލެވޭނެ ކަމަށް ނިންމަވާފައެވެ. މި ސްކޮލާޝިޕްތަކާއި، ސްކޮލާޝިޕްތަކަށް ކުރިމަތިލުމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސްވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ. އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރު ޝާހިދު ވަނީ ލަންޑަންގައި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ކޮމަންވެލްތު ސްކޮލާޝިޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޮމަންވެލްތާއި އެކު ދިވެހިރާއްޖެއިން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910