ވިޔަފާރި

ތުރުކީ މީހުން އެންމެ ގަޔާވާ ތިންވަނަ މަންޒިލަކީ ރާއްޖެ

Sep 2, 2015

ތުރުކީ މީހުން އެންމެ ދާން ބޭނުންވާ ގައުމުތަކުގެ ލިސްޓުގެ ތިންވަނާގައި ރާއްޖެ ހިމެނިއްޖެ އެވެ.

ތުރުކީގެ ޓޫރިސްޓުން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ މައްޗަށް ބިނާކޮށް އެ ގައުމު ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ "ޑޯ އިންސައިޑް" އިން ކޮށްފައިވާ ދިރާސާގައި 10 ގައުމެއް ބައިވެރިކޮށްފައިވެ އެވެ.

މި ދިރާސާ އިން ދައްކާ ގޮތުގައި ތުރުކީ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ގައުމަކީ އެމެރިކާގެ އެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ 11.6 ޕަސެންޓް މީހުން ދާން ބޭނުންވާ ގައުމަކީ ރާއްޖެ އެވެ.މި ދިރާސާގެ ދެވަނައަށް އެންމެ ގިނަ މީހުންދާން ބޭނުންވާ ގައުމަކީ އިޓަލީ އެވެ. ދިރާސާގައި ބައިވެރިވި މީހުންގެ 10.4 ޕަސެންޓް މީހުން އިޓަލީއަށް ޒިޔާރަތް ކުރަން ބޭނުންވެ އެވެ. އަދި މި ލިސްޓުގެ ތިންވަނަ ރާއްޖެއަށް ލިބެނީ 6.1 ޕަސެންޓާ އެކުގަ އެވެ.

މީގެ އިތުރުން މި ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި ސްޕޭން އާއި ފްރާންސް އަދި ޖަޕާނުގެ އިތުރުން ބްރެޒިލް އާއި އޮސްޓްރޭލިޔާ ހިމެނެ އެވެ.