ބަޔާން މިއުނިކް

ނޯޔާގެ ކޮންޓްރެކްޓް ހަމަވަނީ

ކެޕްޓަން އަދި ގޯލްކީޕަރު މެނައުލް ނޯޔާ އާއި ޓީމުގެ މުހިންމު ބައެއް އެހެން ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާން ކައިރި ވިޔަސް އެކަމާ ކަން ބޮޑުވާން ނުޖެހޭ ކަމަށް ބަޔާން މިޔުނިކްގެ ސްޕޯޓިން ޑައިރެކްޓާ ބުނެފި އެވެ.

ނޯޔާގެ އިތުރުން ޓީމުގެ މުހިންމު އެހެން ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ އާއި ހާވީ މާޓިނޭޒް، ޑޭވިޑް އަލްބާ އަދި ތިއާގޯ އަލްކަންޓާރާގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ.

"އަހަރެމެން ހަމަގައިމު ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ، އެކަމަކުން ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އަހަރެމެން ސަމާލުކަން ދޭނީ މުބާރާތްތަކަށް،" ސްޕޯޓިން ޑައިރެކްޓާ ބުންޏެވެ. "ކުރިއަށް ހުރި މެޗުތަކަށް އަހަރެމެންގެ ސަމާލުކަން ބަހައްޓައިފިއްޔާ މާ ރަނގަޅު ވާނެ، އެއީ އަހަރެމެންގެ ސަމާލުކަން ހުއްޓެން ޖެހޭ ހިސާބަކީ ވެސް."

ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާން މިހާ ކައިރިވެފައިވާއިރު އެކަމާ ކަންބޮޑުވޭތޯ ސުވާލު ކުރުމުން ސްޕޯޓިން ޑައިރެކްޓާ ބުނީ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ޓޮޕް ޕްލޭޔަރުންގެ ކޮންޓްރެކްޓްގައި އަބަދުވެސް އެކަން ދިމާވާނެ ކަމަށެވެ.

"ކުޅުންތެރިންނަށް އެނގޭނެ އެކަމާ ބެހޭގޮތުން އަހަރެމެން ވާހަކަ ދައްކާނެކަން."

ބަޔާން މިވަގަތު އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އަދި އެ ޓީ ވަނީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގަ އެވެ.