ދިރާގު

ދިރާގުގެ ބައެއް ހިދުމަތަށް 4 ދުވަހުގެ ބުރޫއެރުމެއް

މުއާސަލާތީ ކުންފުނި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ފުޅާ ކުރާށާއި ބިޒްނަސް ސަޕޯޓިން ސިސްޓަމް ފުޅާ ކުރަން ކުރާ މަސައްކަތުގެ ތެރެއިން މިއަދާއެކު ކުރިއަށް އޮތް ހަތަރު ދުވަހުގެ ވަކި ވަގުތުތަކެއްގައި ހިދުމަތްތައް މެދުކެނޑިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ އެ މުއްދަތުގެ ތެރޭގައި އެ ކުންފުނީގެ ބައެއް ހިދުމަތްތަކަށް ބުރޫއެރި ނަމަވެސް، ފޯނުން ގުޅުމާއި އިންޓަނެޓާއި ފިކްސްޑް ލައިން ބޭނުން ކުރުމުގައި ދައްޗެއް ދިމައެއް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް ދިރާގުގެ އެޑް އޮން ޕެކޭޖްތައް ނެގުމާއި ޕެކޭޖް ބަދަލު ކުރުމާއި ރީލޯޑް ކުރުމާއި މޯބައިލް ބިލް ދެއްކުމުގެ ހިދުމަތް މިރޭގެ ދަންވަރު 12:00 އިން ފަތިހު 4:00 އަށް މެދުކެނޑޭނެ އެވެ. ރޭވެސް އެހިދުމަތް މެދުކެނޑިފައި ވެއެވެ.

މިރޭ ދަންވަރު 12:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ރޭ 11:00 އަށް ފިކްސް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިލް ދެއްކުމުގެ ހިދުމަތް ވެސް މެދުކެނޑޭނެ އެވެ. އެ މުއްދަތުގައި ބިލެއް ނުދެއްކުމުގެ ސަބަބުން އެއްވެސް ހިދުމަތެއް ކަނޑައެއް ނުލާނެ އެވެ.