ބަޔާން މިއުނިކް

ބަޔާންއިން ފުރުސަތު ނަގާލައިފި

ބުންޑެސް ލީގާގެ އެންމެ ކުރީގައި އޮތް ދެ ޓީމުގެ ކުރިމަތިލުމުގައި، އެއް ވަނައިގައި އޮތް ބަޔާން މިޔުނިކް ލައިޕްޒިގް އާ އެއްވަރުވެ، ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ބަޔާންއިން ނަގާލައިފި އެވެ. މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.

ބަޔާން އެއް ވަނައިގައި އޮތީ ލައިޕްޒިގް އަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. ބަޔާންއަށް 43 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގް އަށް 42 ޕޮއިންޓެވެ. ފުރަތަމަ ހާފުގައި ބަޔާންއިން ވަނީ ޕޮޒެޝަން ގޭމެއް ކުޅެ މެޗު ކޮށްޓްރޯލް ކޮށްފަ އެވެ. އެހެންނަމަވެސް ލައިޕްޒިގް ގޯލް ފޫއަޅުވާލުމުގައި ކާމިޔާބެއް ނުޙޯދުނެވެ.

މެޗު އެއްވަރުވެ ލައިޕްޒިގްއަށް އެ ޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް މޮޅެއް ހޯދިފަ އެއް ނުވެ އެވެ. އެ ޓީމުގެ މާސެލް ސަބިޓާ އާއި ޓިމޯ ވާނާއަށް މެޗުގައި ލިބުނު ރަނުގެ ފުރުސަތުތައް ވެސް ދިޔައީ ބޭކާރު ވެގެންނެވެ.

ދެ ވަނަ ހާފުގައި، ބަޔާންއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ލިއޯން ގޯޓްސްކާ އަށެވެ. މެޗުގެ 80 ވަނަ މިނެޓްގައި އޭނާ ފޮނުވާލި ބޯޅަ ލައިޕްޒިގްގެ ކީޕަރު ޕިޓާ ގުލަކްސީ ޕަންޗު ކޮށްލުމަށްފަހު ބޯޅަ ބޭރު ކޮށްލީ އެވެ.