ވިޔަފާރި

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ލޯނެއް ދޫކުރަނީ

Jan 6, 2015
0%
0%
0%

ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫރުގެ ބޭނުމަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފައްދައި "ވެލިއު އެޑިޝަން" އިތުރު ކުރުން ކަމަށެވެ.

މި ލޯނު ދޫކުރުމުގައި އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ތަކެތި އުފެއްދުމުގައި ހަރަކާތްތެރިވާ އަންހެނުންނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކޯޕަރޭޓިވް ސޮސައިޓީ އަދި ކުންފުނިތައް ހިމެނެ އެވެ.

މީގެ އިތުރުން މި ލޯނު ލިބޭ ފަރާތްތައް ހޮވުމުގައި ލޯނު ލިބޭނެ ކޯޕަރޭޓިވް ސޮސައިޓީ އާއި ކުންފުނި ނުވަތަ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތަކީ މިފަދަ އެއްވެސް ލޯނެއް ނެތް ފަރާތެއް ކަމަށްވާނަމަ އިސްކަން ދެ އެވެ.

މި ފިޔަވަހީގެ ދަށުން ލޯނު ދޫކުރާ އެންމެ ބޮޑު އަދަދަކީ 400،000ރ. އެވެ. އަދި އެންމެ ކުޑަ އަދަދަކީ 25،000ރ. އެވެ.

މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. އަދި ލޯނު ދެއްކުމަށް އަށް އަހަރު ލިބެ އެވެ. ލޯނު ދައްކަން ފެށުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބެ އެވެ. މި މުއްދަތުގައި ދައްކަން ޖެހެނީ ހަމައެކަނި އިންޓަރެސްޓަށްވާ ފައިސާ އެކަންޏެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ލޯނަށް އެދުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345