ހަބަރު

ސަމާލު: ގިރާވަރު ކައިރިން ބޯޓެއް އޮޔާދަނީ

Feb 12, 2020
1

ކ. ގިރާވަރުގެ އުތުރު ކަނޑުން، ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ކަނޑު އުޅަނދުތަކުން ސަަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއް އޮޔާދާކަމުގެ މައުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު ކަމަށާ އެމްއާރުސީސީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓް އޮޔާދަނީ ކ. ގިރާވަރު ކަނޑުން ހުޅަނގަށް ކަމަށެވެ. މީހަކުވެސް ނެތް މި ބޯޓް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުވުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓަކީ ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. އަދި މި ބޯޓު އޮޔާދާތީ، ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށް ސިފައިން ބުނެއެވެ. އަދި، އެ ސަރަހައްދު މޮނީޓަރ ކުރުމަށް ޓަކައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް ވެސް އެސަރަހައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.