އުދަ އެރުން

އުތުރާއި މެދުތެރެއަށް އުދަ އަރާނެ

Feb 13, 2020

އުތުރާއި ރާއްޖޭގެ މެދުތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވާން މެޓް އޮފީހުން އިލްތިމާސެއް ކޮށްފި އެވެ.

އެ އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާ އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ރަށްތަކުން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށް ވެސް ބުންޏެވެ.

މި ދުވަސްވަރު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ. އެގޮތުން ނ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ވެސް އުދަ އަރާ ބައެއް ގެއްލުންތައް ވެފައި ވެއެވެ. އެންމެ ބޮޑަށް އުދަ އަރާފައިވަނީ ހޮޅުދޫއަށެވެ. ހޮޅުދޫގެ ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް ގިނަ ގެތަކަށް ލޮނު ވަދެ ރަށުގެ އާންމު ދިރިއުޅުމަށް ބުރޫ އެރި އެވެ.

ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން މިހާރު ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.