ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސް ވާޗުއަލް ފޯރަމްތައް ބާއްވަނީ

May 10, 2020
3

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ގެސްޓްހައުސްތަކާއެކު ވާޗުއަލްކޮށް ފޯރަމްތަކެއް ބާއްވަން ނިންމައިިފި އެވެ.

ރާއްޖޭގެ ގެސްޓްހައުސްތައް ތަމްސީލް ކުރާ ޖަމިއްޔާއިން ބުނި ގޮތުގައި "ގެސްޓްހައުސް އޮޕީނިއަން" ގެ ނަމުގައި ބާއްވާ، ވާޗުއަލް ޑިސްކަޝަން ފޯރަމްތަކުގައި ގެސްޓްހައުސްތައް އޮޕަރޭޓް ކުރާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

ގޭމް އިން ވަނީ ގެސްޓްހައުސް އޮޕަރޭޓަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި ކަމާބެހޭ ފަރާތް ތަކަށް ހުށަހަޅަން ވެސް ނިންމާފަ އެވެ.

އެ ޖަމިއްޔާ އިން ބުނީ މި ފޯރަމްގައި މިހާގެ ހާލަތުގައި ކުރެވޭނެ މަސައްކަތްތަކާއި މާކެޓް ހުޅުވިގެން ދާއިރު ފޮލޯ ކުރާނެ އެސްއޯޕީއެއް އެކުލަވާލުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސް ސިނާއަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެހެންވެ އެ ޖަމިއްޔާ އިން މީގެ ކުރިން ވަނީ މި ސިނާއަތަށް ވެފައިވާ ގެއްލުން ބަލަން ހާއްސަ ސާވޭއެއް ވެސް ކޮށްފަ އެވެ. އެ ސާވޭ ދައްކާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ޓޫރިސްޓުން އައުން ހުއްޓިފައިވާތީ ހަ މަސް ތެރޭ 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ) ގެ ގެއްލުން ވާނެ އެވެ.

ގެސްޓްހައުސް ސިނާއަތަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ބައެކެވެ. ކޮވިޑް-19 ގެ ބަލި ރާއްޖޭގައި ފެނުމާ ހަމައަށް 600 އަށްވުރެ ގެސްޓްހައުސް ހިންގި އެވެ.