ހަބަރު

ސްނޯކަލް ކުރި ދިވެއްސަކު މަރުވެއްޖެ

ސްނޯކްލިންއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އއ. މާޔާފުށި ކައިރި އޮތް ސަފާރީއަކުން މިރޭ ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސްނޯކްލިންއަށް ދިޔަ ދިވެއްސަކު އިއްޔެ ވެސް ވަނީ މަރުވެފަ އެވެ.

އއ. މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވީ އުމުރުން 23 އަހަރުގެ ރ. މީދޫއަށް ނިސްބަތްވާ އަބްދުﷲ އަޒްވާނެވެ. އޭނާއަކީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ މީހެކެވެ.

ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް ފަތުރުވެރިން މަރުވުމުގެ ގިނަ ހާދިސާތަކެއް ވެސް މީގެ ކުރިން ހިނގާފައި ވެއެވެ.